އެމްޕީއެލްގެ ބޯޑަށް އައު ދެ މެމްބަރުން އައްޔަންކޮށްފި
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ހިންގުން އިތުރަށް ހަރުދަނާކުރުމުގެ ބޭނުމުގައި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އައު ދެ ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.
ޕީސީބީން ހާމަކުރައްވާފައިވާ ގޮތުގައި، މި މަގާމަށް އަލަށް ހަމަޖެއްސެވީ ގއ. ވިލިނގިލީ، ވިޜަން، ބުޝްރީ މުޙައްމަދުގެ އިތުރުން ގއ. ނިލަންދޫ، ވައިޓްވިލާ، ނާޞިޙް އިބްރާހީމެވެ.
މި ބަދަލު ގެނެސްފައިވާކަން ޕީސީބީން ރަސްމީކޮށް އިޢުލާންކުރުމާ ގުޅިގެން، ޕޯސްޓް ލިމިޓެޑުން ވަނީ އެ ކުންފުނީގެ ބޯޑާ އަލަށް ގުޅިވަޑައިގެންނެވި ދެ ޑިރެކްޓަރުންނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.