ފުވައްމުލަކު ސިޓީގައި ހައިޕަބޭރިކް ޗެމްބާއެއް އަޅަން ހަވާލުކޮށްފި
ފުވައްމުލަކު ސިޓީގައި ހައިޕަބޭރިކް ޗެމްބާއެއް އަޅަން ބަޔަކާ ހަވާލުކޮށްފިއެވެ.
ހައިޕަބޭރިކް ޗެމްބާއަކީ ޑައިވްކޮށް އަދި ފީނާއިރު މާ އަޑިއަށް ގޮސް ޑިކޯވުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް ދޭ ވަރަށް މުހިންމު ފަރުވާއެކެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު ފަތުހުﷲ ނަސީމް ވިދާޅުވީ އެ ޗެމްބާގެ މަސައްކަތް ރާއްޖޭގައި ސިއްހީ ގިނަ އިކުއިޕްމަންޓްތައް އެތެރެކުރާ މެޑްޓެކް ކުންފުންޏާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.
އަދި މި އަހަރުގެ ޑިސެމްބަރު މަހު އެ ޗެމްބާގެ މަސައްކަތްތައް ނިމޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ ޗެމްބާ އަޅަން ނިންމާފައިވަނީ ފުވައްމުލަކު ހޮސްޕިޓަލުގެ ގޯތި ތެރޭގައެވެ.
ފުވައްމުލަކަކީ މިހާރު ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ޑައިވްކުރަން ގޮސް އުޅޭ ރާއްޖޭގެ މުހިންމު މަންޒިލެކެވެ. ހާއްސަކޮށް ފުވައްމުލަކު ސަރަހައްދުން ފެންނަ ބޮޑެތި މިޔަރުތައް ބަލަން ޑައިވްކުރުމަކީ ފަރުތުރުވެރިން ވަރަށް ޝައުގުވެރިވާ ކަމެކެވެެ.
ނިމިގެން ދިޔަ ހަފްތާގައި ފުވައްމުލަކުން ޑައިވިންއަށް ފޭބި ފަތުުރުވެރިއަކު ވަނީ މަރުވެސްވެފައެވެ.