ޚަބަރު

ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި މާރާމާރީ ހިންގި މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި މާރާމާރީ ހިންގި މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވައިފިއެވެ.

ކ. މާފުށީގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި، މިދިޔަ މަހުގެ 11ވަނަ ދުވަހުގެ މީހަކު ބަލައިފާސްކުރަމުން ދަނިކޮށް ފުލުހުންގެ ވާޖިބުއަދާކުރުމަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހަ މީހުން ހައްޔަރުކުރިއެވެ.

ފުލުހުން މިއަދު ބުނީ އެ މީހުންގެ ތަހުގީގު ނިންމައި އެ އެންމެންގެ މައްޗަށް ދައުވާކޮށްދޭން އެދި މި މަހުގެ 10ވަނަ ދުވަހު ޕްރޮސިކިއިޓާ ޖެނެރަލް އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މި ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހުއެވެ.

އެ މައްސަލައިގައި ދައުވާކުރަން ފޮނުވީ.

ކ. މާފުށި/ސްޓާލައިން، އަބްދުﷲ ނިހާދު(30އ).

ކ. މާފުށި/ސްޓާލައިން، އިބްރާހިމް ސުނީޒް(41އ).

ކ.މާފުށި/ވާރޭވިލާ، އަހުމަދު އަހުނަފް އަސްހާގު(24އ).

ކ. މާފުށި/ފާއިޒާ މަންޒިލް، ހަސަން ނަބީލު(32އ).

ކ.މާފުށި/ގްރީންޕާކު/ އަހުމަދު ޝައިހާން(21އ).

އެ މައްސަލައިގައި ދައުވާކުރަން ފޮނުވި އެންމެންވެސް އަދި ތިބީ ބަންދުކޮށްފައެވެ.