ޚަބަރު

މޫދު ކުލާހެއްގައި ބައިވެރިވި 39 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ވ. އަތޮޅު މަދަރުސާ

މޫދު ކުލާހެއްގައި ބައިވެރިވި 39 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، 2026 ސެޕްޓެމްބަރު 22ވަނަ ދުވަހުގެ 16:30 އެހައިކަންހާއިރު، ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ވޯޓަރ ބްރޭކް ވަގުތު އެއްގަމަށް އަރަންދިޔަ މީހަކު ނޭވާލާން އުނދަގޫވާކަމަށް ބުނުމުން ރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ.

ހެލްތު ސެންޓަރުގައި ފަރުވާ ހޯދަމުން ދަނިކޮށް، 18:14 އެހައިކަންހާއިރު އެ މީހާ ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ނިޔާވެފައި ވަނީ 39 އަހަރުގެ ދިވެހި އަންހެނެކެވެ.

ނިޔާވި މީހާގެ ހަށިގަނޑު މާލެ، އައިޖީއެމް ހޮސްޕިޓަލަށް ގެނެސް މެޑިކަލް އެގްޒެމިނޭޝަންއެއް ހެދުމަށްފަހު ރޭ ދަންވަރުގެ ވަގުތެއްގައި ހަށިގަނޑުވަނީ އާއިލާއާ ހަވާލުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.