Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ

މިއަދު ހަވީރުގެ ވަގުތެއްގައި މެލޭޝިއާގައި ދެ ކާރެއް މުޑިއަރައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެއެވެ.

މި ހާދިސާގައި ލިބުނު ބޮޑެތި އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައި ވަނީ އައްޑޫ ސިޓީއަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ ޒުވާނެކެވެ.

"ދެން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ސ. ހިތަދޫ، މާރިޝް، އާމިނަތު އިމީލީ ނާޒިމެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ އިމީލީ ދަތުރުކުރަމުން ދިޔަ ކާރާއި އެހެން ކާރެއް ޖެހުމުގެ ސަބަބުންނެވެ. މި ހާދިސާގައި އޭނާގެ ހަށިގަނޑަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާއިރު، އެންމެ ސީރިއަސް އަނިޔާއެއް ލިބިފައި ވަނީ އޭނާގެ ބޮލަށެވެ.

Advertisement
HDC — Sidebar (box)

އެކްސިޑެންޓުވުމާ އެކު ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށުނު ނަމަވެސް، ލިބިފައިވާ ޒަޚަމްތަކުގެ ބޮޑުކަމުން ފުރާނަ ސަލާމަތް ކުރެވޭ ގޮތެއް ނުވިއެވެ. މި ހާދިސާއާ ގުޅިގެން މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީން އަންނަނީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ސާފުކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް