ޚަބަރު

މަނަދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ނ މަނަދޫ ފުޓްބޯޅަދަނޑުގެ ލައިޓިންގ ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ސްޕޯޓްސް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފައެވެ. އެ  އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ނަވީޒްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ މުހައްމަދު ޖަމްޝީދުއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 120ދުވަހުގެތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް އެ މަސައްކަތް ހަވާލުކުރި އަގެއް ހާމައެއް ނުކުރެއެވެ.

އެކި ރަށުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރަން ސަރުކާރުން ދަނީ ވަރަށް ބޮޑަށް އަހައްމިއްޔަތުކަން ދެމުންނެވެ. އަދި އެފަދަ މަޝްރޫއުތައް އެހެން ރަށްރަށުގައިވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.

Ads by Ooredoo