ޚަބަރު

ކޮންޑޭ ނާސްޓް ޓްރެވަލާ އެވޯޑުގެ ގަދަ 10 ރިސޯޓުގެ ތެރޭގައި ރާއްޖޭގެ ހަލަވެލި

ފާތިމަތު އަފްނާން ، ދެން އޮންލައިން

މި އަހަރުގެ ކޮންޑޭ ނާސްޓް ޓްރެވަލަރ ޔޫކޭ ރީޑާސް ޗޮއިސް އެވޯޑްސްގައި، އިންޑިއާ ކަނޑުގެ އެންމެ މޮޅު 25 ރިސޯޓުގެ 10ވަނަ "ކޮންސްޓޭންސް ހަލަވެލި މޯލްޑިވްސް"'އިން ހޯދައިފިއެވެ.

ޓޫރިޒަމް ހަބަރުތަކުގައިވާ ގޮތުން މީގެ އިތުރުން ކޮންސްޓޭންސް ހޮސްޕިޓާލިޓީ ގްރޫޕުގެ އެހެން ރިސޯޓުތަކަށް ވެސް ބައިނަލްއަޤްވާމީ ފެންވަރުގައި ވަނީ ބޮޑެތި ކާމިޔާބީ ތަކެއް ލިބިފައެވެ. އެގޮތުން، އިންޑިއާ ކަނޑުގެ އެންމެ މޮޅު 20 ރިސޯޓުގެ ތެރެއިން 13ވަނަ ސީޝެލްސްގައި ހިންގާ 'ކޮންސްޓޭންސް ލެމޫރިއާ' ހޯދާފައިވާއިރު، 17ވަނަ ހޯދާފައި ވަނީ 'ކޮންސްޓޭންސް އެފީލިއާ'އެވެ. އަދި އެފްރިކާ ސަރަޙައްދުގެ (ރެސްޓް އޮފް އެފްރިކާ) އެންމެ މޮޅު 15 ރިސޯޓުގެ ތެރެއިން 12ވަނަ ލިބިފައި ވަނީ މަޑަގަސްކަރައިގެ 'ކޮންސްޓޭންސް ޓްސަރަބަންޖީނާ'އަށެވެ.

މި ކާމިޔާބީތަކާ ގުޅިގެން ކޮންސްޓޭންސް ހޮސްޕިޓާލިޓީން ބުނެފައި ވަނީ، މިއީ އެ ކުންފުނީގެ ދަށުން ހިންގާ ކޮންމެ ރިސޯޓެއްގެ ވެސް އަމިއްލަވަންތަކަމާއި ފުރިހަމަކަން ދައްކުވައިދޭ ކާމިޔާބީއެއް ކަމަށެވެ. ކޮންމެ ރިސޯޓަކީ ވެސް އެ ތަނެއް ހުންނަ މަންޒިލެއްގެ ޚާއްޞަ ސިފަތަކާ ގުޅޭގޮތަށް ފަރުމާކުރެވިފައިވާ ތަނެއް ކަމަށާއި، ނަމަވެސް ފެންވަރު ރަނގަޅު އަދި އިތުބާރު ހިފޭ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގައި ހުރިހާ ރިސޯޓަކުން ވެސް ގެންގުޅެނީ އެއް އަމާޒެއްކަން އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

Ads by HDC