ޚަބަރު

މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު ގެނބިގެން އަވަސް ފަރުވާދޭ ފަށައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
އަނަންތްރާ މޯލްޑިވްސް / ފޮޓޯ: އަންންތްރާ

މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު ގެނބިގެން އަވަސް ފަރުވާދޭ ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، 2026 އޮކްޓޫބަރު 12ވަނަ ދުވަހު ކ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރިއުޅުނު ޗައިނާގެ ދެ ފަތުރުވެރިއަކު ގެނބިގެން، ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

"ދެން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އަނަންތްރާ މޯލްޑިވްސް ރިސޯޓުގައި މޫދަށް އެރި އުޅުނު ދެ ފަރުތުވެރިންނެވެ.

މި ހާދިސާގައި ގެނބިފައި ވަނީ ޗައިނާއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ފަރުވާދެމުންދާ ދެ ފަތުރުވެރިންގެ ހާލު ވެސް މިހާރު ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

Ads by Ooredoo