Sunday, 8 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ 3 ބޯޓު އަތުލައިގެންފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ 3 ބޯޓު އަތުލައިގެންފި

ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާޚިލާފަށް ހަރަކާތްތެރިވަމުން ދިޔަ ބޭރުގެ 3 މަސްބޯޓް، އެމްއެންޑީއެފް ކޯސްޓްގާޑް ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ޤައުމީ ދިފާއީ ބާރުން ބުނީ، މި ބޯޓުތައް އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް އެއަރ ކޯރ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ކަމަށެވެ.

މި 3 މަސްބޯޓު، އެމްއެންޑީއެފް ކޯސްޓްގާޑް ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށް އޮކްޓޫބަރު 12ވަނަ ދުވަހުގެ ރޭ ކަމަށް ދިފާއީ ބާރުން މައުލޫމާތުދެއެވެ. މި ބޯޓުތައް މާލެ ގެނެއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް