ޚަބަރު

ފަސް ރުފިޔާގެ އައު ނޫޓްތައް މާދަމާ ދައުރުކުރަން ފަށަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މުނައްވަރު ސޮއިކުރައްވައި ނެރުއްވި ފަސް ރުފިޔާގެ ނޫޓު--

ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން ފަސް ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން އައު ނޫޓްތައް ޗާޕުކޮށް ދައުރުކުރަން ރާއްޖޭގެ މަރުކަޒީ ބޭންކު އެމްއެމްއޭއިން ތައްޔާރުވެއްޖެއެވެ.

އެމްއެެމްއޭއިން މިއަދު ބުނީ އިގްތިސާދުގައި ނަގުދު ފައިސާއަށް އަލަށް އުފެދޭ ޑިމާންޑަށާއި އެ އޮތޯރިޓީއަށް ލިބޭ ނޫޓުގެ ތެރެއިން ބައުވެ ހަލާކުވެގެން ނަގާ ނޫޓުތަކުގެ ބަދަލުގައި ބޭނުންކުރުމަށ،ް ނޫޓު ޗާޕުކުރުމުގެ މަސައްކަތް އަބަދު ވެސް ކުރަމުންދާ ކަމަށެވެ.

އެގޮތުން މިއަދު ފަސް ރުފިޔާގެ އާ ނޫޓް ސްޓޮކްއެއް ގެނެސްފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ. ފަސް ރުފިޔާގެ އާ ނޫޓްތައް މާދަމާއިން ފެށިގެނ،ް ދައުރުވާ ފައިސާގެ ތެރެއަށް ދޫކުރާނެ ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ. އާ ނޫޓުގައި ސޮއިކުރައްވާފައި ވަނީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރުއެވެ.

ފަސް ރުފިޔާގެ އައު ސްޓޮކަކ،ީ 2017ވަނަ އަހަރު 5 ރުފިޔާގެ ނޫޓު ތައާރަފުކުރި ފަހުން އެ ނޫޓު
އަލުން ޗާޕުކޮށްގެން ގެނައި ފުރަތަމަ ސްޓޮކެވެ. އެމްއެމްއޭއިން ބުނީ ފަސް ރުފިޔާގެ އާ ނޫޓާ އެކު މިހާރު ދައުރުވަމުންދާ ފަސް ރުފިޔާގެ ނޫޓު ވެސް ދައުރުވަމުންދާނެ ކަމަށެވެ.

Ads by Ooredoo