ވިއްސާރައިގައި ގދ. ވާދޫގެ ގިނަ ގެތަކާއި ކައުންސިލްއަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ،ކުރަމުންދާ ވިއްސާރައިގައި ގދ. ވާދޫގެ ގިނަ ގެތަކާއި ކައުންސިލްއަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ވާދޫ ކައުންސިލްގެ ރައީސް ލަމްއާން ވަހީދު ވިދާޅުވީ އިއްޔެއާއި މިއަދު ވެސް އެ ރަށަށް ވަރަށް ބޮޑަށް ވިއްސާރުކުރުމުގެ ސަބަބުން ރަށުގައި ފެންބޮޑުވެފައިވާ ކަމަށެވެ،
އަދި އެއާއެކު ގޭގޭގެ ހިފާ ގެންގުޅޭ ތަކެއްޗަށާއި އަދި ކައުންސިލް އިމާރާތުގެ އެކްސްޓެންޝަންއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ވެސް ލަމްއާން ވިދާޅުވިއެވެ.
ލަމްއާން ވިދާޅުވީ ކައުންސިލް ހިންގާ އިމާރާތަކީ ވަރަށް ދުވަސްވީ އިމާރާތަކަށް ވެފައި ތިރިކަމުން ވާރޭ މާބޯކޮށް ވެހިއްޖެނަމަ ފަސޭހައިން ފެން ވަންނަ ކަމަށެވެ.
ފެންބޮޑުވުމުގެ ސަބަބުން ކައުންސިލްއިން ދޭ ހިދުމަތްތައް ވެސް މިހާރު ވަނީ ދެތިން ދުވަހަށް މެދު ކަނޑާލައިފައެވެ.
