ޚަބަރު

ޔޫއޭއިން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނެސްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު

ޔޫއޭއީގެ ފްލައި ދުބާއީ އެއާލައިންގައި މަސައްކަތް ކުރަމުން ދަނިކޮށް އެ އެއާލައިންގެ ބޯޓެއް ހައިޖެކްކުރި ހާދިސާއާ ގުޅިގެން އެ  މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށް ބަންދުކޮށްފައި ތިބި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނެސްފިއެވެ.

އެ ދެ ޕައިލެޓުން މިއަދު ހެނދުނު ރާއްޖެ އައިކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އެ ބަލަން ޖެހޭ ކަންކަން ބަލަން އެ ދެ ޕައިލެޓުންނާ ސުވާލުކުރަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

އެ ދެ މީހުންވެސް ތިބީ ހައްޔަރުކޮށްފައި ނޫން ކަަމަށް ފުލުހުން ބުންޏެވެ.

ފްލައިޓް ހައިޖެކްކުރި ހާދިސާއ ދިވެހި ޕައިލެޓުންނާ ގުޅެނީ ކިހިނެއްކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް ދިވެހި ދެ ޕައިލެޓުންވެސް ބޯޓު  ހައިޖެކްކުރި ކޯ ޕައިލެޓްއާ އެއް އިމާރާތެއްގައި ދިރިއުޅުނުކަން ވަނީ ހާމަވެފައެވެ.

ދެ ޕައިލެޓްއިން ރާއްޖެ ގެނައިއިރު އެ ދެ މީހުންނާ ނުގުޅޭތާ ވަރަށް ގިނަ ދުވަސްވި ކަމަށް އެ މީހުންގެ އާއިލާތަކުން ބުނެފައިވެއެވެ. އަދި ޕައިލެޓްއިން ހައްޔަރުކުރިކަން ދިވެހި އެމްބަސީއިން އެންގީވެސް އެތައް ދުވަހެއް ފަހުންކަމަށް ވެސް އާއިލާއިން ބުނެފައިވެއެވެ.

Ads by HDC