އަމީނީ މަގުގެ ތިންވަނަ ސެގްމަންޓްގައި ތާރު އަޅަން ފަށައިފި
އަމީނީ މަގުގެ ތިންވަނަ ސެގްމަންޓްގައި ތާރު އަޅަން ފަށައިފިއެވެ.
ދައުލަތުގެ ކުންފުނި އެމްޓީސީސީއާ މިދިޔަ ޖޫން މަހުގެ 15ވަނަ ދުވަހު ޙަވާލުކުރި މި މަޝްރޫއުގެ ތެރެއިން ފުރަތަމަ އަދި ދެވަނަ ސެގްމަންޓްގެ ދަށުން ވަނީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ދެމެދު އޮތް ސަރަޙައްދާއި، ރާއްޖޭގެ އަޑު ކައިރީގައި އޮންނަ ހަތަރުއަނގޮޅި ކަންމަތީގައި ތާރު އަޅައިފައެވެ.
އަދި މި މިސް ފެނުތަނާ ވަނީ އިއްޒުއްދީން މަގުން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް ތިންވަނަ ސެގްމަންޓްގެ މަސައްކަތް ފަށައިފައެވެ.
އެމްޓީސީސީން މިއަދު ބުނީ ތިންވަނަ ސެގްމަންޓްގެ ދަށުން ތިންވަނަ ފިޔަވަހީގައި ތާރުއަޅަން ފަށާފައިވާ ކަމަށާއި އަދި އެ މަސައްކަތް ނިމުމާއެކު މަގުތަކުގައި މާކުތައް ޖަހަން ފަށާނެ ކަމަށެވެ.
އަދި މަސައްކަތް ނިމުމުން މާލެ ސިޓީގެ ރައްޔިތުންނަށް ފަސޭހަކަމާއެކު އަމީނީ މަގުގައި ދަތުރުފަތުރުކުރެވޭނެ ކަމަށް ވެސް ބުންޏެވެ.
ތިންވަނަ ސެގްމަންޓްގައި ތާރު އަޅާތީ ރޭ ދަންވަރު 12އިން ފެށިގެން ސުނާމީ ބިނާއިން ފެށިގެން ސޯޝަލް ސެންޓަރާ ހަމައަށް އޮންނަ ސަރަހައްދު އާންމު ދަތުރުފަތުރަށް ބަންދުކޮށް އެ ސަރަހައްދުގައި ހުރި ވެހިކަލްތައް ވެސް ނަގަން ފުލުހުން އޮތީ އިލްތިމާސްކޮށްފައެވެ.
