ޚަބަރު

ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވެ، އަނދަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ށ. ފުނަދޫ ޕެޓްރޯލް ޝެޑްގައި އަލިފާނުގެ ހާދިސާއެއް ހިނގަައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، އެ ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މިހާދިސާގެ މައުލޫމާތު ލިބެމުން ދިޔަ މިންވަރަކުން އިތުރު ތަފްސީލު ހާމަކުރަމުން ގެންދާނެ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

ޤައުމީ ދިފާއީ ބާރުން ބުނީ، ށ. ފުނަދޫ، ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މި ހާދިސާގެ މަޢުލޫމާތު ލިބިފައި ވަނީ އެ އިދާރާއަށް ލިބިފައި ވަނީ މިއަދު 08:00 އެހާއިރުކަމަށެވެ.

Ads by Ooredoo