ޚަބަރު

ކުޑަކުދިން ކުރާ ކުށްތަކުގެ މައްސަލަތަކާ ގުޅޭ ވޯކްޝޮޕްއެއް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ކުޑަކުދިން ކުރާ ކުށްތަކުގެ މައްސަލަތައް ކޯޓަށް ހުށަހެޅުމުގެ ބަދަލުގައި، އެހެން ގޮތްގޮތުން ހައްލުކުރުމަށް ވޯކްޝޮޕެއް ބާއްވައިފިއެވެ.

"ޑައިވަރޝަންގެ ނިޒާމު ހަރުދަނާކުރުމަށް އެއްބާރުލުން އިތުރުކުރުން"މި ނަމުގައި ކުރިއަށް ގެންދެވުނު މި ވޯކްޝޮޕް އޮތީ މިއަދު ޗަމްޕާ ސެންޓްރަލްގެ ދެވަނަ ފަންގިފިލާގައެވެ.

ތިރީސް ބައިވެރިންނާއެކު މިއަދު ކުރިއަށްގެންދިޔަ އެ ވޯކްޝޮޕްގައި ދިވެހި ފުލުހުންގެ ހިދުމަތް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އަދި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ވަނީ ބައިވެރިވވެފައެވެ.

މި ވޯކްޝޮޕްގެ މައިގަނޑު މަގުސަދަކީ ކުޑަކުދިންނަށް ކުރެވޭ ކުށްތަކާ ގުޅިގެން ކުޑަކުދިންގެ މައްސަލަތައް ކޯޓަށް ހުށަހެޅުމުގެ ބަދަލުގައި، އެހެން ގޮތްގޮތުން ހައްލުކުރުމަށް ބާރުއަޅާ ޑައިވަރޝަންގެ ނިޒާމް ހަރުދަނާކުރުމަށްޓަކައި މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުންކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

"މީގެ އިތުރުން، ޑައިވަރޝަންގެ އުސޫލުތަކާއި، ގާނޫނީ އަދި ސިޔާސަތުތަކުގެ ދަށުން އެކަންކަން ހިނގާގޮތް ބައިވެރިންނަށް އޮޅުންފިލުވައިދެވުނެވެ. މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން ދިނުމުގެ މުހިންމުކަމާއި، މައްސަލަތައް ހަވާލުކުރުމުގެ އުސޫލުތަކާ ބެހޭގޮތުން ވެސް ފުޅާކޮށް މަޝްވަރާކުރެވުނެވެ"ފުލުހުން ބުންޏެވެ.

އޭގެ އިތުރުން ޑައިވާޝަންގެ ނިޒާމުގައި ކޮންމެ މުއައްސަސާއެއްގެ ދައުރާއި، މަސްއޫލިއްޔަތުތަކުގެ މައްޗަށް އަލިއަޅުވައިލެވި، ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ޑައިވަރޝަން ޕްލޭންގެ ނަމޫނާތައް ވެސް އެ ވޯކްޝޮޕްގައި ހުށަހެޅި ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

Ads by Ooredoo