ޚަބަރު

ކެފޭއެއްގެ ތެރޭގައި ބަޔަކު ހިފަހައްޓައި އަނިޔާކުރިކަމުގެ ތުހުމަތުގައި 19 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފުލުހުންގެ މައި އިރާދާ، ޝަހީދު ޙުސެއިން އާދަމް ބިލްޑިންގް / ފޮޓޯ: ދެން މީޑިއާ

ކެފޭއެއްގެ ތެރޭގައި ބަޔަކު ހިފަހައްޓައި އަނިޔާކުރިކަމުގެ ތުހުމަތުގައި 19އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ގއ. މާމެންދޫ/ އިފަން، އިފްހާމް އަހުމަދުއެވެ.

ފުލުހުން ކުރާ ތުހުމަތުތަކަށް އިންކާރުކޮށް ބަންދުން ދޫކޮށްލަން އިފްހާމް އެދުނު ނަމަވެސް ކޯޓުން ވަނީ އެކަމަށް ދެކޮޅަށް ހަދައި އޭނާ 15ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.

އެގޮތުން ފުލުހުން ހުށަހެޅި ހެކީގެ ނިސްބަތަށް ބެލުމަށް ފަހުކަމަށް ބަންދު އަމުރުގައި ބުނެފައިވެއެވެ.

އިފްހާމްގެ ފަރާތުން އަނިޔާ ލިބުނު ފަރާތްތަކުގެ ބަޔާނާއި ހެކިންގެ ބަޔާންތަކާއި އަނިޔާ ލިބުނު ފަރާތްތަކުގެ މެޑިކަލް ލީގަލް ރިޕޯޓާއި، އަނިޔާ ލިބުނު ފަރާތްތަކަށް ލިބިފައިވާ އަނިޔާ ފެންނަ ފޮޓޯ ރިޕޯޓާއި ސީސީޓީވީތަކުގެ ފުޓޭގް ސްނެޕްޝޮޓް ހެކީގެ ގޮތުގައި އިފްހާމްއާ ދެކޮޅަށް ފުލުހުން ވަނީ ކޯޓަށް ހުށަހަޅާފައެވެ.

Ads by HDC