ކަސްޓަމަރުންނަށް އުފާވެރި ޚަބަރެއް: ކުކުޅު ފިހާރައިގެ އިތުރު ޝޯވ ރޫމެއް ހުޅުވައިފި

އެތައް ބައެއްގެ މަގުބޫލްކަން ލިބިފައިވާ، "ކުކުޅު ފިހާރަ"އިގެ އިތުރު ޝޯވް ރޫމެއް ހުޅުވައިފިއެވެ.
ބޮޑެތި ބަދަލުތަކަކާއެކު "ކުކުޅު ފިހާރަ-2" ނަމުގައި ޝޯވ ރޫމެއް ހުޅުވާފައިވަނީ މާފަންނުގައެވެ. ކުކުޅު ފިހާރައިގެ ފަރާތުން "ދެން" އަށް މައުލޫމާތު ދެމުން ވިދާޅުވީ، މި ޝޯވ ރޫމްގެ ބޭނުމަކީ ކަސްޓަަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތް ދިނުމެވެ.

މ.ދުނބުރި މިސްކިތް ކުރިމައްޗަށް ވާގޮތަށް ހުޅުވާފައިވާ މި ޝޯވ ރޫމްއިން، ކުކުޅު ފިހާރަ އީ-މޯލުން ލިބޭ ހުރިހާ ބާވަތެއް ލިބިގެންދާނެ ކަމަށް ވެސް އެ ފިހާރައިން މައުލޫމާތު ދެއެވެ.
ކުކުޅު ފިހާރައަކީ ރާއްޖޭގައި އެންމެ އަގުހެޔޮކޮށް ތަކެތި ލިބޭ ޝޮޕިން މޯލްކަމަށްވާ އިރު މީގެ ކުރިން އީ-ޝޮޕް މެދުވެރިކޮށް ވިއްކަމުން އައީ ކުކުޅުގެ ބާވަތްތައް އެކަންޏެވެ. ނަމަވެސް މިހާރު އީ-މޯލް މެދުވެރިކޮށް ކާބޯތަކެތީގެ އިތުރުން ރީތިވާ ސާމާނާއި، ގޭތެރެއަށް ބޭނުންވާ ސާމާނު ވެސް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ. އަދި ގަސް އިންދުމަށް ބޭނުންވާ ސާމާނުވެސް ވަނީ ވިއްކަން ފަށާފައެވެ.

ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ އޯޑަރެއް ލިބެމުންދާ އެ ފިހާރައިން އޯޑަރު ކުރާ ކަސްޓަމަރުންގެ އަދަދު ވެބްސައިޓުން ފެންނަން ހުރެއެވެ.

ކުކުޅު ފިހާރައިގެ ވެބްސައިޓު މެދުވެރިކޮށް ހޯލްސޭލްކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް އެ ފިހާރައިން ދަނީ ހިލޭ ޑެލިވަރީގެ ޚިދުމަތް ވެސް ފޯރު ކޮށްދެމުންނެވެ. ކުކުޅު ފިހާރައިން ހޯލްސޭލް ކުރާތާ މިހާރު ހަ އަހަރު ވެއްޖެއެވެ.