Sunday, 15 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އަދީބު މާދަމާ ރާއްޖެއިން ބޭރަށް ފުރުވައިލާނެ، މިއީ ކަންބޮޑުވާ ކަމެއް: ވައްޑޭ

އަދީބު މާދަމާ ރާއްޖެއިން ބޭރަށް ފުރުވައިލާނެ، މިއީ ކަންބޮޑުވާ ކަމެއް: ވައްޑޭ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ)ގެ ބޮޑު ޚިޔާާނާތުގައި ބައިވެރިވުމުގެ ކުށް ސާބިތުވެފައިވާ، ކުރީގެ ނައިބު ރައީީސް އަޙްމަދު އަދީބު، ރާއްޖެއިން ބޭރަށް ފުރުވައިލަން އުޅޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު(ވައްޑޭ) ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި، އަދީބު ރާއްޖެއިން ބޭރަށް ފުރުވައިލުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އޭނާ ތުހުމަތު ކުރައްވާ ގޮތުގައި، އަދީބު ފުރުވައިލަނީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ކެމްޕެއިން ފެށުމުގެ ކުރިން އެކަން ނުކޮށްފިނަމަ، ކޮށްލައިފާނެ ފަޟީޙަތަކުން ރެކުމަށްޓަކައެވެ.
"‏އެމްއެމްޕީއާރުސީގެ ބޮޑުޚިޔާނާތް ހިންގުމުގައި އިސްކޮށްހުރި އަހުމަދު އަދީބު މާދަމާ ރާއްޖޭން ބޭރަށް ފުރުވާލުމަކީ ނުހަނު ކަންބޮޑުވާ ކަމެއް. މިކަމަކީ ރޖ. ގެ ކެމްޕޭނު ރަސްމީކޮށް ފެށުމުގެ ކުރިން އަދީބު ފުރުވާނުލައިފިނަމަ ކޮށްލާފާނޭ ފަޟީޙަތަކުން ރެކުމަށްޓަކައި ކުރާ ކަމެއްކަމަށް އަޑުއިވޭ." ވައްޑޭގެ ޓްވީޓުގައި ލިޔުއްވައިފައިވެއެވެ.
ޚިޔާނާތުގެ އެތައް ތުހުމަތެއް ކުރެވިފައިވާ އަދީބު، 2019 ވަނަ އަހަރުވެސް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވިއެވެ.

އަދީބު ބޭސްފަރުވާއަށް ދިޔުމަށް ހުއްދަ ދިނުމުން އާންމުންގެ ތެރޭގައި ނުތަނަވަސްކަން އުފެދުނެވެ. އަދި އެކަމާ ގުޅިގެން ހޯމް މިނިސްޓްރީއާއި، ކަރެކްޝަންސްއާއި ފުލުހުން މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ވެސް ހާޒިރު ކުރިއެވެ.

އަދީބުގެ ޢާއިލާއިން އޭރު ބުނީ، އޭނާއަށް ޖެހިފައި ވަނީ ގްލޮކޯމާ ނަމަކަށް ކިޔާ ލޮލުގެ ބައްޔެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.