ލައިފްސްޓައިލް

މާބަނޑު ދުވަސްވަރު ކާންވީ މިކާނާތައް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މާބަޑު ދުވަސްވަރަކީ ކޮންމެ މީހެއްވެސް ސިއްޙަތަށް ރަނގަޅު އަދި ފައިދާހުރި ކެއުންތަކަށް ލޯބިކުރާ ދުވަސްވަރެކެވެ. އެގޮތުން ތިރީގައި އެވަނީ މާބަނޑު ދުވަސްވަރު ކާން ރަނގަޅު ބައެއް ކާނާތަކެވެ.

ކިރު އެކުލެވޭ ކާނާ

ކިރު އެކުލެވޭ ކާނާތައް ކެއުމަށް މާބަނޑު ދުވަސްވަރު ސަމާލުކަން ދޭށެވެ. އެހެނީ ކިރަކީ އޭގައި، ގިނަ އަދަދަކަށް "ޕްރޮޓީންސް އަދި ކެލްޝިއަމް" އެކުލެވޭ އެއްޗެކެވެ. ކިރުގައި އެކުލެވޭ މިދެމާއްދާގެ ސަބަބުން ބަނޑުގައި ހެދި ބޮޑުވަމުން އަންނަ ދަރިފުޅުގެ ކަށިތައް ވަރުގަދަ ވުމުގެ އިތުރުން، ކުޑަ ދަރިފުޅަށް ބޭނުންވާ އެތައް ޒަރޫރީ މާއްދާތައް ލިބުމަށް އެހީ ވެދެއެވެ. މިސާލަކަށް ކިރު އެކުލެވޭ ކާނާ ތަކުގެ ތެރޭގައި ޔޯގަޓު، އަދި ޗޮކްލެޓު ހިމެނެއެވެ.

ކައްޓަލަ

ކައްޓަލަ ކެއުމުގެ ސަބަބުން މާބަނޑު ދުވަސްވަރު މައިމީހާގެ ހަށިގަނޑަށް ވިޓަމިން އޭ އިތުރުކޮށްދެއެވެ. އަދި ވިޓަމިން އޭ އަކީ ކުޑަ ދަރިފުޅުގެ ހެދިބޮޑުވުމުގައި ވަރަށް މުހިންމު ރޯލެއް އަދާ ކުރާ މާއްދާއެކެވެ. އޭގައި އެކުލެވޭ "ފައިބާރ" ގެ ސަބަބުން ހަޖަމު ކުރާ ނިޒާމަށް ވެސް ބޮޑު ލުއި ތަކެއް ލިބިގެން ދާނެއެވެ.

ކުކުޅު ބިސް

ކުކުޅު ބިހަކީ އާންމު ދިރިއުޅުމުގައި ވެސް ކެއުމަށް ފައިދާހުރި އެއްޗެކެވެ. އެހެންކަމަށް ވާނަމަ މާބަނޑު ދުވަސްވަރު އަދި ކުކުޅު ބިހުގެ ބޭނުން ކިހާ ބޮޑުވާނެ ހެއްޔެވެ؟ ކުކުޅު ބިހުގެ ސަބަބުން ކުޑަ ދަރިފުޅަށް ބޭނުންވާ ވަރަށް ޕްރޮޓީންސް ވެސް ލިބިގެން ދާނެއެވެ. ކުޑަ ދަރިފުޅު އުފެދި ބަނޑުގައި ބޮޑުވަމުން އަންނަ އިރު، އައިބު ތަކުން ސަލާމަތް ކޮށްދިނުމުގެ އިތުރުން، ކުއްޖާގެ ސިކުނޑިއާއި، މައިބަދަ އަށް ވެސް ވަރަށް ބޮޑަށް ފައިދާކުރެއެވެ.

އެވޮކާޑޯ

އެވޮކާޑޯ އަކީ ވެސް ގިނަ އަދަދެއްގެ ފައިދާހުރި މާއްދާތަކެއް އެކުލެވިގެންވާ މޭވާއެކެވެ. ޚާއްސަކޮށް މާބަނޑު އަންހެނަކަށް ބޭނުންވާނެ ޒަރޫރީ މާއްދާތައް އެވޮކާޑޯގެ ސަބަބުން ލިބިގެން ދާނެއެވެ.

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!