Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެސްޓީއޯ ސްމާޓް ސްޓޯ މާދަމާ ހުޅުވަނީ

އެސްޓީއޯ ސްމާޓް ސްޓޯ މާދަމާ ހުޅުވަނީ
ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވާ ކޭޝިއަލެސް ފިހާރަ މާދަމާ ހެނދުނު ހުޅުވުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ތައްޔާރުވެއްޖެއެވެ. މި ފިހާރައާއި ގުޅިގެން އެސްޓީއޯއިން މީގެ ކުރިން ވިދާޅުވީ އެ ފިހާރައިން ކުރާ ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ވެސް ކުރެވޭނީ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ކަމަށެވެ. އަދި އެ އެޕުގައި އެމީހެއްގެ ބޭންކު ކާޑު ރެޖިސްޓަރ ކޮށްފައި ލޮގިންއެއް ހެދުމުން އެ ފިހާރައިން ވިޔަފާރި ކުރުމުގެ މަގުފަހިވެގެންދާނެ ކަަމަށް އެސްޓީއޯ އިން ވިދާޅުވިއެެވެ. މި ފިހާރަ އަށް ވަންނަ ދޮރުގައި އިންނަ ކިއުއާރު ކޯޑު ސްކޭން ކޮށްލުމުން ދޮރު ހުޅުވޭނެއެވެ. އަދި ބޭނުންވާ އެއްޗެއްހި ނަގައިގެން ނުކުންނަތާ ސިކުންތު ކޮޅެއްގެ ތެރޭގައި އެޕުގައި އިންޓަގުރޭޓުކޮށްފައި އިންނަ ކާޑުން ފައިސާ ކެނޑޭނެ ކަމަށް އެސްޓީއޯ އިން ވިދާޅުވިއެވެ.
އެސްޓީއޯއިން ވިދާޅުވީ މި ކޮންސެޕްޓަކީ ދިވެހިންނަށް މުޅިން އާ ކޮންސެޕްޓެއް ކަމުގައި ވީނަމަވެސް މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މިހާރުވެސް ބޭނުން ކުރަމުން އަންނަ ޓެކްނޮލޮޖީއެއް ކަމަށެވެ. މި ފިހާރަ ބޭނުން ކުރަން ފެށުމާ އެކު ފިހާރައިގައި ކަސްޓަމަރުން ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދާނެއެެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް