ދުނިޔެ

އާމީނިއާގެ ރައްޔިތުންނަށް ބަލި ހަޖަމެއް ނުވި! މަޖިލީހުގެ ރައީސް ގަންހިންގުވައި ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ޔަހޫދީންގެ ބޮޑު އާބާދީއެއް އޮންނަ އާމީނިއާއިން، މުސްލިމް ދަޢުލަތެއް ކަމަށްވާ އާޒަރްބައިޖާން އަތުން ފޭރިގެންފައިވާ ނަގޯނޯ ކަރަބާޚާގެ މައްސަލައިގައި 6 ހަފްތާގެ ކުރިމަތި ލުމަކަށްފަހު އާމީނިޔާއިން ބަލި ޤަބޫލު ކުރުމުން، އާމީނިޔާގެ ރައްޔިތުން މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފަށައިފިއެވެ.

Ads by Sosun Fihaara

އާމީނިޔާގެ މަގުތަކަށް އެޤައުމުގެ ރައްޔިތުން ނިކުމެ މުޒާހަރާ ކުރަން ފަށާފައިވާއިރު، މުޒާހަރާގެ ބައިވެރިން އެޤައުމުގެ ބޮޒު ވަޒީރު ހޯދަން ވަނީ މަސައްކަތް ފަށާފައެވެ. ނަމަވެސް ބޮޑު ވަޒީރު މިހާރު ހުންނެވީ އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި ކަމަށް އެޤައުމުގެ މީޑިޔާތަކުން ރިޕޯޓް ކުރެއެވެ.

އާމީނިއާގެ ރައްޔިތުން މުޒާހަރާ ކުރަމުންދާއިރު، ސަރުކާރުގެ މުދަލަށާއި ތަކެއްޗަށް މުޒާހަރާގެ ބައިވެރިން ދަނީ ހަމަލާދެމުންނެވެ. އަދި އެޤައުމުގެ ޤާނޫން ހަދާ މަޖިލީހުގެ ރައީސް ދަތުރުކޮށްފައި ދަނިކޮށް ކާރު ހުއްޓުވާ އާންމުން ވަނީ އޭނާ މަގުމަތީގައި ގަން ހިންގުވާފައެވެ.

މަޖިލީހުގެ ރައީސް ގަން ހިންގުވާ މަންޒަރު ދައްކައިދޭ ވީޑިއޯއެއް މިހާރު މީސްމީޑިޔާގައި އާއްމުވެފައިވާއިރު، މަޖިލީހުގެ ރައީސަށް މުޒާހަރާގެ ބައިވެރިން ވަނީ ސީރިޔަސް އަނިޔާތަކެއް ދީފައެވެ. މުޒާހަރާގެ ބައިވެރިން މަޖިލީހުގެ ރައީސަށް އަނިޔާ ދީފައި ވަނީ އެތަނުގައި އެޤައުމުގެ އަސްކަރިއްޔާގެ ބައެއް އޮފިސަރުން ތިއްބައެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިންގެ އަދަދު ގިނަ ކަމުން، އޮފިސަރުންނަށް މަޖިލީހުގެ ރައީސް ގަން ހިންގުވިއިރު، އެކަން ހުއްޓޭ ގޮތެއް ނުވިއެވެ.

މުޒާހަރާގެ ބައިވެރިން މިހާރު ގާނޫން ހަދާ މަޖިލީހުގެ ޗެންބަރުގެ ތެރެއަށް ވަދެފައިވާއިރު، އަސްކަރިއްޔާއިން ދާދި ދެންމެއަކު ބުނެފައި ވަނީ މިހާރު ހާލަތު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!