ކޮލަމް

ދިވެހިރާއްޖޭގައި ވަރި މަދުވާނީ ދިވެހި ފިރިހެނުން ފަތިސްނަމާދަށް ހޭލައި އެނދު ތަންމަތި އަޅަންފެށި ދުވަހަކުން!

ކައުޘަރު އަޙްމަދު ލަޠީފް (ދުންމާރި) ، ދެން އޮންލައިން

ވާގޮތެއް ހަމަ އެއްގޮތަކަށް ވެސް ނޭނގެއެވެ. ލޯބި ވާވަރުން ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ. މި ދެމީހުން ނޫނީ ލޯބިވާ ބަޔަކު ނޫޅޭހެން ވެސް ހީވެއެވެ. އެކަމަކު ކޯޓުގައި ކައިވެނި ރަޖިސްޓަރީކޮށް ރަސްމީކޮށް އުޅެން ފެށުމުން ދެން މިވާގޮތެއް ކިޔައިދޭން ކުޅަދާނަ ދުލެއް ގަލަމެއް ގާޟީއެއް ވަޒީރެއް ހަމަ ނެތެވެ. ކުއްލިއަކަށް "ވަރި" ވަނީ އެވެ. "ވަރި" ކުރަނީއެވެ. ނޭނގި ތިއްބާ ވަރި ވެވެނީއެވެ. ބައެއްފަހަރު ހުވަފެނުގައި ވަރިކުރާ ހެން ވެސް ހީވެއެވެ. ހޭލެވޭ އިރު މޫސުން މުޅިން ބަދަލުވެފައެވެ.

Ads by STELCO

ކޮންމެއަކަސް، މިއަދު އަޅުގަނޑުމެންގެ ޘަޤާފަތާއި އާދަކާދައިގެ ތެރޭގައި ހިމެނެން ތައްޔާރުވެފައިވާ ވަރަށް ހުތުރު ކަމަކަށް ވަރިވުން މިވަނީ ވެފައެވެ. އާބާދީގެ ނިސްބަތުން އެންމެ ވަރި ގިނަ ގައުމުތަކުގެ ތެރޭގައި "ދުނިޔެމަތީގެ ސުވަރުގެ" ވެފައިވާއިރު، މިކަމުގައި ކަންބޮޑުވާ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. ސުވާލުއުފެދޭ ލައްކަ ގިނަ ކަންކަން ފޮރުވިފައިވެއެވެ. ރައްޓެހިވެގެން އުޅޭއިރު ނުފެންނަ އެއްޗެއް ކައިވެންޏަށް ފަހު ފެންނަނީ ބާވައެވެ؟ ނޫނީ ކޮންމެވެސް އެކެއްގެ ނުލަފާ ކަމުން ހަމަ ނުއުޅެވެނީ ބާވައެވެ؟ އެހެން ނޫނީ، މައިދައިތަގެ ނޮހޮރޮއްޕާނުން ސަލާމަތް ނުވެވެނީ ބާވައެވެ؟

ދުނިޔޭގެ އެހެނިހެން ގައުމުތަކުގެ އާދަކާދަތަކަށް ނަޒަރު ހިންގައި ވިސްނާލުމުން ތަސައްވަރު ކުރެވެނީ ތަފާތު މަންޒަރު ތަކެވެ. ބައެއްފަހަރު ވަރި ކައިވެންޏަކީ އެބައިމީހުންގެ އަގީދާއާ ގުޅިފައިވާ ކަމެކެވެ. އަނެއްބައި ގައުމުތަކުގައި އެއީ އާދަކާދައާ ގުޅިފައިވާ ކަމެކެވެ. އަދި ބައެއް ފަހަރު އެއީ ދުނިޔަވީ ކޮންމެވެސް މަންފާއަކާ ގުޅިފައިވާ ކަމެއް ވެސް މެއެވެ. ކަން މިހެން ހުރިއިރު ދިވެހިރާއްޖޭގައި ނިސްބަތުން ވަރި ގިނަވެގެން އުޅޭ މައްސަލައިގެ ހަގީގަތަކީ ކޮބައިހެއްޔެވެ؟ ދިވެހިރާއްޖޭގައި ގައުމީ ފެންވަރުގައި މި މައްސަލައިގެ ހައްލެއް ހޯދުމަށް ނުވަތަ މައްސަލައިގެ އަސްލު ހޯދުމަށް ދިރާސާ ނުކުރެވެނީ ބާވައެވެ؟

ތާރީޚަށް ޖެހިލާއިރު ، ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރީގެ ދުވަސްތަކަށް ނަޒަރު ހިންގާލުމުން ފެނިގެން ދަނީ ފައްޅިތަކުގެ ފާދިރީންނަށް ބިކުރުވެރި އަންހެންކުދިން ހަދިޔާކުރި މަންޒަރެވެ. އަދި މާބޮޑު ނިވާކަމެއް ނެތި އާންމު ތަންތާ އެއްވެއުޅޭ މަންޒަރެވެ. ނިވާކުރުމެއް ނެތް އާންމު ދިރިއުޅުމެވެ. މިފަދަ ނާތަހުޒީބީ އާދަތައް ބަދަލުވާން މެދުވެރިވީ ދިވެހިރާއްޖެއަށް އިސްލާމްދީނުގެ މަތިވެރި ހިދާޔަތް ކޮންމެވެސް ގޮތަކުން ލިބުމެވެ.

ކޮންމެއަކަސް، 2020 ގެ ތަސައްވުރާ އަޅުގަނޑުމެން ކުރިމަތިލީއިރު ވެސް، ވަރިކުރުމުގެ ހުތުރު އާދައަށް ބަދަލެއް އައިތަނެއް ފެނިގެނެއް ނުދެއެވެ. އެކަން ވެފައިމިވަނި އަހަރެމެންގެ "ކަށީގައި" ހިފާފައިވާ ހުތުރު އާދައަކަށެވެ.

ކޮންމެ އަކަސް، އިސްލާމްދީނުގައި ވަރިކުރުމުގެ ކަންކަން އޮންނަ އުސޫލަށް ބަލާއިރު އެއީ މާ އުނދަގޫ ކަމެއް ނޫނެވެ. ޞަރީޙަ އިބާރާތަކުން "ވަރި" ކުރަނިކޮށް އެކަންވީއެވެ. މަޖަލަކަށް ވިއަސް ، ސަމާސާއަކަށް ވިއަސް ޞަރީޙަ ވެއްޖެއްޔާ އެކަން އެނިމުނީއެވެ. މި ހިތި ތަޖުރިބާއާ ދިމާވާ ގިނަ މީހުން ބުނާގޮތުގައި، އަންހެނުން ވަރިއަށް އެދޭ މިންވަރަށް ވުރެ ގިނައީ ފިރިހެނުން ވަރިކޮށްފަ އެއްލާލާ އަންހެނުންނެވެ.

އެގޮތުން ބަލާއިރު، މި މައްސަލައަށް ކުޑަވަރެއްގެ ހައްލެއް ގެންނަން ވިސްނާލަމާ ހިނގާށެވެ. ލޮބުވެތި ފިރިންނޭވެ. ވަރިއާ ހަމައަށް ނުގޮސް ދިރިއުޅުން ކުރިއަށް ގެންދެވިދާނެ ކިތަންމެ ގޮތެއް އެބައޮތެވެ. ތިމާގެ ހިތުގައި ނަފުރަތާއި ފޫހިކަން އަނބިމީހާއާ މެދު އުފެދެނީ ހަމައެކަނި އޭނާގެ ސަބަބުން ކަމަށް ނުދެކޭށެވެ. ބައެއް ފަހަރަށް އެފަދަ މައްސަލަތައް އުފެދިގެން އަންނަނީ ޚުދު ފިރިމީހާގެ ފުށުންނެވެ.

މި ސުވާލުތަކަށް ފުންކޮށް ވިސްނާލަމާ ހިނގާށެވެ. ކައިވެނީގެ ކުރިން އެއްކޮށް ހޭދަކުރި ވަގުތުތައް މިހާރު އެއްކޮށް ހޭދަނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ކައިވެނީގެ ކުރިން ފޯނުކުރާ ވަރަށް މިހާރު ފޯނު ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ކައިވެނީގެ ކުރިން ދިންހާ ހަދިޔާ، މިހާރު ނުދެވެނީ ކީއްވެގެން ހެއްޔެވެ؟ ކައިވެނީގެ ކުރިން ކުރިހާ ތަޢުރީފު ، މިހާރު ނުކުރެވެނީ ކީއްވެގެން ހެއްޔެވެ؟ ކައިވެނީގެ ކުރިން އެ ކައިވެންޏަށް ތިބާ ތައްޔާރުތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލިން ހެއްޔެވެ؟ ދެމަފިރިންނާ ހަވާލުކުރެވިދާނެ އަމާނާތަކަށް އަނބިމީހާ މާބަނޑުވެއްޖެނަމަ ގޭތެރޭގެ އާއިލާގެ ހުރިހާ ކަމެއް ކުރެވޭނެ ހިތްވަރު އެބަހުރި ހެއްޔެވެ؟ ތިބާގެ އަރާމު ނިދިން މަހުރޫމުވާން ތައްޔާރު ހެއްޔެވެ؟ އެނދު ތަންމަތި އަޅަން އެނގޭ ހެއްޔެވެ؟ އަނބިމީހާއަށްޓަކައި ކާއެއްޗެއް ރޯފިލުވަން ތިބާއަށް އެނގޭހެއްޔެވެ؟ ކައިވެންޏަށް ލިބިދާނެ ފުރާނައެޅި އަމާނާތް އެންމެ ހެޔޮގޮތުގައި ތަރުބިއްޔަތު ކުރާނެ ހިތްވަރާއި "ގަޓު" ތިބާގެ އެބަހުރި ހެއްޔެވެ؟ ބައްޕައަކު ތިބާއާ ހަވާލުކުރި އެބައްޕަގެ ލޮލުގެ ކޮއިފަދަ އަންހެން ދަރިއަކަށް އެ ބައްޕައަށްވުރެ ގިނައިން ލޯތްބާއި އަޅާލުން ދޭން ތިބާއަށް އެނގޭހެއްޔެވެ؟

މިހުރިހާ ކަމަކީ ވަރަށްވެސް ފަސޭހައިން ކުރެވޭނެ ކަންކަމެވެ. ނަމަވެސް ތިބާއަށް ބޭނުންވަނީ ކުޑަކުޑަ ހިތްވަރެކެވެ. އެންމެ ވަރުގަދަ މީހަކީ ރުޅި ކޮންޓްރޯލް ކުރާމީހާއެވެ. އަދި ފަތިސްނަމާދަށް ތަންމަތިން ތެދުވާ މީހާއެވެ. މިކަން ކުރަނިކޮށް ދިރިއުޅުމުގެ ދެބައިކުޅަ އެއްބައި ތިބާއަށް ހާސިލްވީއެވެ. ބަކީބައި ކުރިއަށް ގެންދިއުމަށް ދަތިހާލުގައި އުޅެން ދަސްކުރާށެވެ. އެހެން މީހުންނަށް މަޢާފުކުރަން އާދަކުރާށެވެ. އަދި ދިރިއުޅުމުގައި ޝަކުވާ މަދުކުރާށެވެ. މިފަދަ ފިރިއަކަށް ބޭވަފާތެރިވާނެ ކެރޭނެ އަންހެނަކު މި އުޑުހިޔަލުގައި ހުންނާނެ ހެނެއް ހިއެއް ނުވެއެވެ. ލޮބުވެތި މައިންނާއި ބަފައިންނޭވެ. ފިރިން ބޭނުންވަނީ އެބައިމީހުންނަށް އިހުތިރާމްކުރާނެ އަނބިންނެވެ. އަނބިން ބޭނުންވަނީ އެބައިމީހުންދެކެ ލޯބިވާނެ ފިރިންނެވެ.

Ads by Allied Insurance
  1. ޔޯޔޯ

    ވަރަށް ފުރިހަމަ ލިޔުމެއް!

  2. މަހުދީ އަޙްމަދު

    ދެން ބަލާނަން އެނދު ތަންމަތި އެޅޭތޯ

  3. އަލިކަން

    އަޅުގަނޑު ފިރިމީހާއަށް މިލިޔުން ދައްކައިފިން، މިލިރުން އަޅުގަނޑުމެން ދެމީހުން ކިޔައި މިހާރު ވަރި ނުވާން ނިއްމައިފިން! ވަރަށް ބޮޑަށް ޝުކުރިއްޔާ ދުއްމާރި، ދުއްމާރި ސަޖެސްޓް ކުރިހެން ފިރި މީހާ ތަންމަތި އަޅަންވެސް އެއްބަސް ވެއްޖެ.

  4. ނުރަބޯ

    މޮޅު އެއްޗެއް ލިޔުނަސް ކަމަކު ނުދާނެ. ދިވެހި އަންހެނުން ކަމެއް ހަމަ ވާއިރަށް ބުނާނެ ވަރިކުރާށޭ. ވަރިކުރަން ނުކެރޭނެކަމަށް ފޮނިވާން ބުނަނީ. ގިނަ ދިވެހިންނަކީ ރަށުންބޭރު ވަޒީފާގައި އުޅޭ މީހުން. މިހާރުގެ އަންހެނުން އެހެންވެ އުޅޭނެގޮތަކަށް އުޅެނީ. އެއްޗެއް ބުނެފިއްޔާ އެ ދެން ހަމަވީ. އެ ހަފްތާ އެއްކޮށް ކުނިމޫނު ހަދައިގެން ހުންނާނީ. މިއީ މައްސަލައަކީ

    • ސިކުނޑި

      ނައްސި ވިސްނުން ގެންގުޅޭނަމަ ގިނަ ފަހަރަށް ކަންކަން ނިމިގެންދާނީ ވެސް ނައްސިކޮށް. އަނބިމީހާއަށް ހެޔޮކޮށް ހިތަނިކޮށް މައްސަލަ ހައްލުވާނެ. މައްސަލަ ހައްލުވާނީ މައްސަލަ ހުރިކަން ގަބޫލުކޮށްގެން

  5. މަނިކުުފާނު

    މަނިކުފާނުގެެ ވަރަށްް ފުރިހަމަަ ލިޔުމެއްް!

    ބިންމަތީީ ދެންް ނިދާނިި ދެންް ބާލީހެއްް ހިފައިންް!!
    އެނދު ތަންމަތިި އަޅަންް ނުޖެހޭނެެނުު އެއިރުން!

  6. ސޮންކޮ

    ވަރަށ

  7. ސޮންކޮ

    ސަތޭކައިގެ ވާހަކައެް !!

  8. ރަންގު

    ކައިވެންޔަށް ފަހު ފެންނަ އެއްޗެސް މާ ކުޑަކަމަށް ދުރާސާތަކުން ދައްކަނީ

  9. އަލިކަން

    މި ލިޔުން އަޅުގަނޑު ފިރިމީހާއަށް ދައްކައިފިން، އަޅުގަނޑުމެން ދެމީހުން މިހާރު ވަރި ނުވާން އެބަސް ވެއްޖައިން! ވަރަށް ބޮޑަށް ޝުކުރިއްޔާ ދުއްމާރި ތިދެއްވި ނަސޭހަތަށް، ފިރިމީހާ މިހާރު އެނދުމަތި ތަންމަތި އަޅަންވެސް އެއްބަސް ވެއްޖ، އަދި އޭނާގެ ގަޓު ހުރިވަރު ދައްކާނެ ކަމަށް ވައުދުވެއްޖެ!

  10. ދަލާލް

    ހުރިހާ ގޮތަކުންވެސް ވަރަށް ފުރިހަމަ ލިޔުމެއް. ތެދު ޙަޤީޤަތެއް.

  11. ޝައިކޮކްސް

    މިކަހަލަ ލިޔުމެއް ނުފެނިގެން މީހަކާ ނީންދެވިފަ މިހުރީ !!

  12. އިޖޫ

    ކައޫ! މައި މޭން!!

  13. ޙހހަަ

    ރަޢްޖޭގައި ވަރި ގިނަވަނީ ކައޮވެނި ކިރާތީ. ކާފަރުން ކައިވެނި ނުކޮއް އެކީ އުޅެގެން ދަރިން ހޯދަނީ. ވަރީގެ ހިސާބުތަކަށް ނާރާނެ

  14. ދުންމާރި

    ދުންމާރި ބުނީމަ ދެން އެނދު ވެސް އަޅާނި ދޯ!

  15. ރީސޯޓް ސޮރު

    އަހަރުން ހާދަ ވަރަކަށް އެބަ އެނދު އަޅަމޭ! އެކަމަކު މި އުޅެނީ އިންނާނެ މަންޖެ އެއް ވެސް ނުލިބިގެން! އިންނާނެ މަންޖެއެއް ލިބިގެން ދޯ އަދި ވަރިކުރުމާ ހިސާބަށް ދާނީ ވެސް!

    • ކޯޓު

      އިނުމުގެ ކުރިން މިކަމަށް ފިސާރި ތައްޔާރުވާތި. ނޫނީ ކޯޓުން ނިކުމެ ވަރިވާން ޖެހިދާނެ. އެހެން ނޫނީ ސުހާގުރާތަށް ފަހު

  16. އިޖުލާލް

    މިއީ އަޅުގަނޑުގެ ކައިވެނި ދެމިއޮތުމުގެ ސިއްރަކީ !!

  17. ހޮޅިވާހަކަ ހަމަ ..

    • ހޮޅި

      ތިހެންވެ ވަރި ގިނަވަނީ…. އަސްލު……….

  18. ދޮން

    މި ލިޔުން ލިޔުނުމީހާ އުޅެނީ ކިހިނެއްބާ !!

  19. ފޭނު

    ބަަައެއް ފިރިން މިލިޔުން ބަލައެއް ނުގަނޭ ، ހަރުކަށި ފިރިން ވީމަ

    • އަހުމަދު އިޢްޖާޒް

      އެސައިންމަންޓު ނަހަދާ މީދޯ ތިކުރާ ކަމަކީ!! ހެޔޮނުވާނެ….

    • އޭނާ

      އޭނާ އިނދެގެން އުޅޭތާ މިހާރު 9 އަހަރު ވެއްޖެ. ދެކުދިން އެބަތިބި.

  20. ތި ލިޔުން ލިޔުނު މީހާވެސް ވަރިވެފަ

    • އޭނާ

      އޭނާ އިނދެގެން އުޅޭތާ މިހާރު 9 އަހަރު ވެއްޖެ. ދެކުދިން އެބަތިބި.

  21. ކޮމަންޓްތަކަށް ލައިކް ޑިސްލައިކް ފެންނަގޮތް ހަދާބަލަ