ތިނަދޫ ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު ރައީސްއާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު އަލްސަން އަހުމަދު، ރައީސް ޑރ މުހައްމަދު މުއިއްޒުއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސްއާ އެކު މުލިއާގޭގައި ނަގާފައިވާ ފޮޓޯއެއް 'އެކްސް' ގައި ހިއްސާކުރުމަށް ފަހު 20 ވަނަ މަޖިލީހަށް އިންތިހާބުވި އެންމެ ޒުވާން މެންބަރު އަލްސަން ވިދާޅުވީ، އެ ބައްދަލުކުރުމުގައި <span class="css-1jxf684 r-bcqeeo r-1ttztb7 r-qvutc0 r-poiln3">ތިނަދޫގެ ތަރައްގީގެ ކަންކަމާއި ބެހޭ ގޮތުން ރައީސްއާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. </span>
<span class="css-1jxf684 r-bcqeeo r-1ttztb7 r-qvutc0 r-poiln3">އަމިއްލަ ގޮތުން މަޖިލީހަށް އިންތިހާބުވެވަަޑައގެންނެނެވި އަލްސަން ދެއްވި ޔަގީންކަމަކީ ތިނަދޫއަށް އަދަށް ވުރެން ފަހި މާދަމާއެއް ހޯދުމަށް ރައްޔިތުން އޭނާ އަށް ކުރުި އިތުބާރު ނަގަހައްޓާނެ ކަމެވެ. </span>
<span class="css-1jxf684 r-bcqeeo r-1ttztb7 r-qvutc0 r-poiln3">''އަދި ރައްޔިތުން އެދޭ ބަދަލު ދާއިރާއަށް ގެނައުމަށްޓަކައި އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން އަޅުގަނޑު ވާނީ ފާހަގަކޮށްފައި'' އަލްސަންގެ ރަސްމީ އެކްސް އެކައުންޓުން ލިޔުނު ޓްވީޓްގައި ވިދާޅުވިއެވެ. </span>
އުމުރުން 25 އަހަރުގެ އަލްސަން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކޮށްފައިވަނީ 870 ވޯޓުންނެވެ. އެއީ ވޯޓުލީ މީހުންގެ 39.38 އިންސައްތައެވެ. އަލްސަންއާ އެންމެ ގާތުން ވާދަކުރީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓަށް ލިބުނީ 799 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 36.17 އިންސައްތައެވެ.







ކޮމެންޓް