Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

"ގައުމުގެ ހަައްގުގައި ހިތިބޭސް ބޯންވެސް މެންބަރުން ތިބީ ތައްޔާރަށް"

"ގައުމުގެ ހަައްގުގައި ހިތިބޭސް ބޯންވެސް މެންބަރުން ތިބީ ތައްޔާރަށް"

ގައުމު ވެއްޓިފައިވާ އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށް ކޮންމެ ފިޔަވަޅެއް އަޅަން ވެސް ރައްޔިތުންގެ މަޖިލީހުން އޮތީ ތައްޔާރަށް ކަަމަށާއި ގައުމުގެ ހައްގުގައި މެންބަރުން ތިއްބެވީ "ހިތިބޭސް ބޯން" ވެސް ތައްޔާރަށް ކަމަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އިންނަވާ ގާސިމް އެހެން ވިދާޅުވީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ދަރަންޏާ ބެހޭ ބިލަށް ބަހުސްކުރައްވަމުން ނެވެ.

ގާސިމްގެ ވާހަކައިގައި އޭނާ ވަނީ ގައުމުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެގޮތަށް ފިޔަވަޅު އަޅަމުން ގެންދަވާނަމަ، މަޖިލީހުން ވެސް އޮތީ "ވާންޖެހުނު ކޮންމެ ގުރުބާނީއެއް" ވާން ތައްޔާރަށް ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

"... އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާފައި މިގޮތަށް އަންނަ ކަމަށް ވަންޏާ މި ދިވެހިރައްޔިތުން ރާއްޖޭގެ ރައްޔިތުން މަޖިލީހުގައި މި ތިއްބެވި މެމްބަރުން ތިއްބެވީ ވާން ޖެހުނު ކޮންމެ ސެކްރިފައިސް އެއްް ވާން އަޅުގަނޑު ހަމަ ގައިމުވެސް މިހުރީ އެކަން ކުރާށޭ" ގާސިމް ވިދާޅުވި އެވެ.

އޭނާ ޔަގީންކަމާ އެކު ވިދާޅުވީ މެންބަރުން ތިއްބެވީ ގައުމުގެ ހަައްގުގައި ކޮންމެ ފިޔަވަޅެއް އަދި "ކޮންމެ ހިތިބޭހެއް" ބޯން ވެސް ތައްޔާރަށް ކަމަށެވެ.

"ދެން އެހެން ދެންނެވީމަ އަޅުގަނޑަށް ކަށަވަރު މި ދިވެހި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއް މި ގައުމު ސަލާމަތްކުރަން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ކޮންމެ ހިތިބޭހެއް ވެސް ބޯން މިތިބީ ތައްޔާރަށްކަން އަޅުގަނޑަށް ސާބިތުކަމާ އެކީގައި މި ދަންނަވަނީ." ގާސިމް ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް