އަނބިމީހާއާ ޒުވާބު ކުރުމަށްފަހު ރުޅި މަޑުކުރުމަށް 450 ކިލޯ މީޓަރު ހިނގައިފި
އިޓަލީގެ މީހަކު އޭނާގެ އަންހެނުންނާ ޖެހުނު މައްސަލައެއްގައި ޒުވާބު ކުރުމަށްފަހު ރުޅި މަޑުކުރުމަށްޓަކައި 450 ކިިލޯމީޓަރު ހަމަވަންދެން ހިނގައިފިއެވެ. އޭނާގެ ހިނގުން ހުއްޓުވީ އެ ގައުމުގެ ފުރަބަންދުގެ އުސޫލުތަކާ އޭނާ ޚިިލާފުވުމުން ފުލުހުންނެވެ.
އިޓަލީގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި 48 އަހަރުގެ މި މީހާ ވަނީ ހަފްތާއެއް ވަންދެން އޭނާގެ ރުޅިގަނޑު މައިތިރި ކުރުމަށްޓަކައި ހިނގާފައެވެ. އޭނާ ހިނގަން ފެށީ އިޓަލީގެ އެންމެ އުތުރުގައި އޮންނަ އެއް ސިޓީ ކަމަށްވާ ކޯމޯ އިންނެވެ. އަދި އޭނާ ހިނގުން ހުއްޓާލާފައިވަނީ އެގައުމުގެ އެންމެ އުތުރުގައި އޮންނަ ކުޑަކުޑަ އަވަށެއް ކަމަށްވާ ފެނޯ އިންނެވެ.
މީޑިއާތައް ބުނާ ގޮތުގައި އޭނާ ހުއްޓުވާފައި ވަނީ މަގުމަތީގައި ފޯރިމަރަން އުޅުނު ފުލުހުން ތަކެކެވެ. އޭނާ ހިފަހައްޓައިފައި ވަނީ އެގައުމުގެ ފުރަބަންދުގެ އުސޫލުތަކާއި ހިލާފުވެ ކާފިއު ވަގުތުގައި ބޭރުގައި އުޅުމުގެ ސަބަބުންނެވެ. އެހެން ނަމަވެސް އޭނާ ހިފެހެއްޓުމަށްފަހު ފުލުހުން ބެލި ބެލުމުން އެނގުނީ އޭނާ އަކީ ހަފްތާއެއް ވަންދެން ގެއްލިގެން ހޯދަމުން ދިޔަ މީހެއް ކަމެވެ. އޭނާގެ އަންހެނުން ވަނީ ކޯމޯގެ ފުލުހުންގެ އިދާރާއަށް އޭނާ ގެއްލިގެން އުޅޭކަމުގެ ރިޕޯޓް ކޮށްފައެވެ.
ފުލުހުންނަށް މި މީހާ ފެނުނުއިރު އޭނާ ވަނީ ވަރަށް ފިނިވެފައި ކަަމަށާއި އަދި ވަރަށް ވަރުބަލި ވެސް ވެފައި ކަމަށް މީޑިއާ ތައް ބުނެއެވެ. އަދި އޭނާއަށް އެހިސާބަށް ހިނގުނީ ރުޅި މަޑު ކުރުމަށްޓަކައި ކަމަށާއި އެހާ ދުރަށް އާދެވުނުކަން ނޭނގޭ ކަމަށް އޭނާ އެއްބަސްވިއެވެ.
450 ކިލޯމީޓަރ އޭނާ ކަނޑައްތު ކުރީ ފައިމަގުގައި ކަމަށާއި އޭނާ އެހެން އެއްވެސް އުޅަނދެއްގެ އެހީތެރިކަން ވެސް ބޭނުން ނުކުރާ ކަމަށް އޭނާ ބުންޏެވެ.
ފިރިމީހާ ފެނުނު ހަބަރު ލިބުމާއެކު، އޭނާގެ އަންހެނުން ވަނީ އޭނާ ބަލައި އަވަހަށް ފީނޯއަށް ގޮސްފައެވެ. އަދި ފުލުހުންނަށް މައުލޫމާތު ދެމުން އެ އަންހެން މީހާ ވެސް ބުނެފައިވަނީ އޭނާގެ ފިރިމީހާ ގެއިން ނުކުމެގެން ދިޔައީ ދެމަފިރިންގެ ދޭތެރޭގައި ހިނގައިދިޔަ ޒުވާބަކަށް ފަހުގައި ކަމަށެވެ. އަދި އޭގެ ފަހުން ފިރިމީހާގެ ހަބަރެއް ނުވާކަން ވެސް އޭނާ ވަނީ ޔަގީން ކޮށްދީފައެވެ.
ފުރަބަންދުގެ އުސޫލުތަކާ ޚިލާފުވެ ބޭރުގައި އުޅުމުގެ ސަބަބުން އޭނާ ވަނީ ޖޫރިމަނާ ވެސް ކޮށްފައެވެ. އެގޮތުން 400 ޔޫރޯ އިން އޭނާ ވަނީ ޖޫރިމަނާ ކުރެވިފަައެވެ.
ދެން ތިއާ ރުޅިގަނޑު މަޑުވިތަ. ތިވަރަށް ހިނގިއިރު… ބޮއި ހަލާކު…
އެވަރުންވެސް މައިތިރި ނުވީމަތާ ފުލުހުން އޭނަ ހުއްޓުވަން ޖެހުނީ