އެމެރިކާ އަންހެނަކު ބޭނުންވީ އޭނަގެ ލޯބިވެރިޔާގެ ކުޑަ ދަރިފުޅު އާއިލާއިން ބޭރުކުރެވޭނެ ގޮތެއް ހޯދަން!

އެމެރިކާ އަންހެނަކު އޭނާގެ ލޯބިވެރިޔާގެ އަންހެން ދަރިފުޅު އެގެއިންނާއި އެމީހުންގެ އާއިލާއިން ބޭރުކޮށްލެވޭނެ ގޮތެއް ހޯދަން އެދި މީސްމީޑިއާގައި އެހީތެރިކަމަށް އެދިއްޖެއެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި އުމުރުން އެންމެ ހަތަރު އަހަރުގެ އެއަންހެން ކުއްޖާ ބޭރުކޮށްލަން އެއަންހެން މީހާ ބޭނުންވާ އެންމެ ބޮޑު ސަބަބަކީ އޭނާގެ ވާންއުޅޭ ފިރިމީހާގެ، މަރުވެފައިވާ އަނބިމީހާއާ އެކުއްޖާ ވަރަށް ބޮޑަށް ވައްތަރުވުމެވެ.
ނަން ހާމަ ކޮށްފައިނުވާ އެއަންހެންމީހާ އިންސްޓަގްރާމްގައި ހިންގާ "ޓޯކްސް ވިތު މީ" އަށް އޭނާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އޭނާ ގެ ލޯބިވެރިޔާގެ އަންހެން ދަރިފުޅު ކައިރިން ސަލާމަތްވާން ކުރާށާއި އެކުއްޖާ އެއާއިލާއިން ބޭރުކުރަން އޭނާ ބޭނުންވާ ކަމަށެވެ. އަންހެން މީހާ ބުނީ އެކުއްޖާ އޭނާގެ މަންމައާ ވަރަށް ބޮޑަށް ވައްތަރު ކަމަށާއި އެހެންކަމުން އޭނަގެ ވާންއުޅޭ ފިރިމީހާގެ ކައިރީގައި އެކުއްޖާ ހުންނަނަމަ ފިރިމީހާއަށް އަބަދު އޭނަގެ މަރުވެފައިވާ އަނބިމީހާ މަތިން ހަނދާންވާނެ ކަމަށެވެ.

މީގެއިތުރުން އޭނާ ބުނީ މިހާރު އޭނާ ވެސް އިނީ އަންހެން ދަރިއަކަަށް ބަލިވެ ކަމަށާއި، ފިރިމީހާގެ ދަރިފުޅު އެގޭގައި އުޅޭނަމަ އޭނަގެ ދަރިއަށް ލިބެންޖެހޭ ލޯތްބާއި އަޅާލުމާއި ޙައްޤުތަކުން މަޙްރޫމް ވެގެން ދާނެ ކަމަށެވެ. ސަބަބަކީ ދަރިފުޅުގެ ހުރިހާ ކަމެއް އޭނަގެ ބައްޕަ އަބަދުވެސް ކުރާތީ ބައްޕައާއި އެކުއްޖާ މާބޮޑަށް ގާތްވެފައި ހުރުން ކަމުގައި ވެސް އަންހެން މީހާ ބުންޏެވެ.
ނިންމާލަމުން އެއަންހެން މީހާ ބުނެފަވަނީ އޭނަ ބޭނުންވަނީ އެކުއްޖާ، ކުއްޖާގެ މާމަމެން ކައިރިއަށް ނުވަތަ އެޑޮޕްޝަން ސެންޓަރަކަށް ފޮނުވާލަން ކަމަށެވެ. ނަމަވެސް އެވާހަކަ އޭނަގެ ވާން އުޅޭ ފިރިމީހާ ކައިރީ ދައްކާނީ ކިހިނެއްތޯއާއި އެކަމަށް ހިޔާލެއް ދިނުމަށް އޭނަ ވަނީ އެދިފައެވެ. އަދި އޭނާއަކީ "ގޯސް މީހެއް ނޫން" ކަމަށާއި އޭނަ ހަމައެކަނި އެމީހުންގެ އަމިއްލަ ދަރިފުޅާ ދޭތެރޭގައި ވިސްނަނީ ކަމަށް ވެސް އަންހެންމީހާ ބުނެފައިވެއެވެ.

އަންހެން މީހާގެ މިވާހަކަތަކުގެ ސަބަބުން އެތައް ބަޔަކު ވަނީ އޭނާއާ ދިމާލަށް އެއްޗެހި ގޮވާލަފައެވެ. އެގޮތުން އެކަކު ބުނެފައިވަނީ އޮންނަ ހަސަދަވެރިކަމެއްގެ ސަބަބުން މީހެއް ގާތު އެމީހެއްގެ އަމިއްލަ ދަރި ބޭރުކޮށްލަން ބުނާނީ ވަރަށް ވެސް ނުބައި އަންހެނެއް ކަމަށެވެ.
އެހެން މީހަކު ބުނެފައިވަނީ އެހެން މީހުންގެ ދަރިން ކަމުނުދަންޏާ، ދަރިން ތިބި މީހުންނާ ގުޅުން ވެސް ނުބޭއްވުމަށެވެ.