ޚަބަރު

ކުޑަކުދިންގެ ހިޔާގެ ކުދިންތަކަކަށް އަނިޔާކުރި މައްސަލައިގައި ދައުވާ ކުރަން ފޮނުވައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ދައުލަތުން ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން ދިޔަ ކުދިންތަކެއް ބަރަހަނާ ކޮށްގެންނާއި އެ ނޫން ގޮތްގޮތަށް އަނިޔާކުރި މައްސަލައިގައި ހަ މީހެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދި ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

Ads by MWSC

ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން މިދިޔަ މަސް ތެރޭގައި ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ، މިމައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ 2018 ވަނަ އަހަރު ކަމަށެވެ. އެހެންނަމަވެސް މިމައްސަލަގައި ހިމެނޭ އެއްވެސް ފަރާތަކަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ވެސް އެބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

އެބަޔާނުގައި ބުނެފައި ވަނީ މިމައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުވާކުރުމަށް ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް، ގާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (ޅ) އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ޅ)ގެ ދަށުން، ކޮމިޝަންގެ ފަންނީ މަޝްވަރާ އާއި ލަފާގެ ދަށުން، ފުލުހުން މިމައްސަލައިގެ ތަހުގީގު ވީއެންމެ އަވަހަކަށް ފުރިހަމަކޮށް ދައުވާކުރަން ފޮނުވުމުގެ އަމުރެއް، މިއަހަރުގެ އޮކްޓޫބަރު 11 ވަނަ ދުވަހު ޕިޖީިން ނެރުއްވާފައިވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރުމަށް ކޮމިޝަނާއި ޕީޖީ އާއި ފުލުހުން ގުޅިގެން އެކުލަވާލި ޓީމުން، މިހާތަނަށް 24 ފަރާތަކާ ސުވާލުކޮށް 24 ބަޔާނެއް ނަގައި 5 ކުދިންނާ ސުވާލު ކޮށް، މައްސަލާގައި ތުހުމަތު ކުރެވޭ އިތުރު ފަރާތްތަކެއް މިހާރު ދެނެގަނެވިފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

ކޮމިޝަނުން ބުނީ، ތަހުގީގު ފުރިހަމަކޮށް 11 ފަރާތެއްގެ މައްޗަށް ދައުވާކުރުމަށް މިހާރު ޕީޖީއަށް ފޮނުވާފައިވާ ކަމަށާއި، އަދި ޕީޖީން މައްސަލަ ބަލައިގަނެ ދައުވާ ކުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!