ޚަބަރު

އިޔާދަކުރަނިވި ހަކަތައިން ހަތް މިސްކިތެއް އޭސީ ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިސްކިތްތަކުގައި ހުންނަ އޭސީއިން ބޭނުންކުރާ ހަކަތައަކީ އިޔާދަ ކުރަނިވި ހަކަތައަށް ހެދުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން މިހާތަނަށް ހަތް މިސްކިތެއް އޭސީ ކޮށްފިއެވެ. އެގޮތުން 2023ގެ ނިޔަލަށް މަދުވެގެން 80 އިންސައްތަ މިސްކިތުގައި އެއަރ ކޮންޑިޝަނަށް ބޭނުންކުރާ ހަކަތައަކީ އިޔާދަ ކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ވަނީ އަމާޒު ކޮށްފައެވެ.

Ads by Hajj Corporation

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވީ އިޔާދަ ކުރަނިވި ހަކަތައިން މިސްކިތްތައް އޭސީ ކުރުމުގެ މަޝްރޫއުގެ ދަށުން އޭސީ ކުރަމުން ދަނީ އެއްގޮތަކަށް ވެސް އޭސީ ކޮށްފައި ނުވާ މިސްކިތްތައް ކަމަށާއި ރަށްރަށުގައި ހުރި އެންމެ ބޮޑު މިސްކިތުގައި ވެސް މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ ކަމަށެވެ.

މި މަޝްރޫއު މަސައްކަތް ނިންމާލުމަށް ކުރިން ކަނޑައެޅީ ދެ އަހަރާއި ބައެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ފައިސާގެ ދަތިކަމާއެކު މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ ހުއްޓުމެއް އައިސްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖޭގައި 600 އަށް ވުރެ ގިނަ މިސްކިތް ހުރިއިރު މި މަސައްކަތަށް ވެސް ގާތްގަޑަކަށް 700 މިލިޔަން ރުފިޔާ ޚަރަދުވާނެ. ކޯވިޑްއާ ގުޅިގެން މަސައްކަތްތަކަށް މަޑުޖެހުމެއް އައި" އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!