ބޮލީވުޑް މުނިފޫހިފިލުވުން

ހިންދޫ ދީނަށް ފުރައްސާރަ ކުރި ކަމަށް ބުނެ ސައިފްގެ މައްސަލައެއް ކޯޓަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާން އެންމެ ފަހުން ކުޅުނު ފިލްމު "އާދީޕުރުޝް" އާ ގުޅިގެން، ހިންދޫ ދީނަށް ފުރައްސާރަ ކޮށްފި ކަަމަށް ބުނެ، އޭނާއާ ދެކޮޅަށް މައްސަލައެއް ހުށަހަޅައިފިއެވެ.

Ads by Sosun Fihaara

ސައިފްއާ ދެކޮޅަށް މައްސަލަ ހުށަހަޅާފައިވަނީ، ހިންދޫއިން ޝައިޠާނެއް ކަަމަށް ޤަބޫލުކުރާ "ރާވަން" އަކީ ރަނގަޅު މީހެއް ކަމަށާއި އޭނާކުރި ނުބައި ކަންކަމަކީ ރަނގަޅު ކަންކަމުގެ ގޮތުގައި އެފިލްމުން ދައްކުވައިދޭނެ ކަމަށް ސައިފް ބުނުމާ ގުޅިގެން ކަމަށްވެއެވެ.

ހިންދޫއިން ޤަބޫލު ކުރާ ކަންކަމާ ޚިލާފުވާފަދަ ގޮތަކަށް ވާހަކަ ދެއްކީތީ، އުއްތަރް ޕްރަދޭޝްގެ އެޑްވޮކޭޓަކު ވަނީ ސައިފްއާ އެފިލްމުގެ ޑައިރެކްޓަރު އޯމް ރައުތުއާ ދެކޮޅަށް މައްސަލަ ހުށަހަޅާފައެވެ.

އިންޓަވިއުގައި ދެއްކި ވާހަަކައާ ގުޅިގެން ހޫނު ފެނަށް ވެއްޓުމުން، ސައިފް ވަނީ އޭނާ ބުނި އެއްޗެއް އަނބުރާ ގެންނަކަމަށް ބުނެ މާފަށް ވެސް އެދިފައެވެ.

މިމައްސަލައިގެ އަޑުއެހުމެއް މިމަހުގެ 23 ވަނަ ދުވަހު އުއްތަރް ޕްރަދޭޝްގެ ޖޯންޕޫރް ޑިސްޓްރިކްޓް ކޯޓްގައި ކަމަށް ރިޕޯޓު ތަކުން ބުނެއެވެ.

މިމައްސަލަ ހުށަހަޅާފައިވާ ހިމަންޝޫ ޝްރިވާސްތަވާ ބުނެފައިވަނީ، ސައިފް ގެ އެ އިންޓަވިއު އަށްފަހު، ހިންދޫ ދީނާމެދު މީހުން ޤަބޫލު ކުރާ ކަންކަމަށް ހުރަސް އެޅިގެންދާ ކަމަށެވެ. ހިމަންޝޫ ބުނެފައިވަނީ  ހަގީގަތުގައި އެ ފިލްމު ދެއްކުން މަނާ ކުރަން ޖެހޭ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!