ދުނިޔެ

ރަސޫލާ (ޞޢޥ) ގެ ކާޓޫނު ކުރެހުމަށް ތާއީދުކުރި ފްރާންސްގެ ރައީސް ކޮވިޑަށް ފައްސި ވެއްޖެ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކީރިތި ރަސޫލާ މުޙައްމަދު (ޞޢޥ) އަށް ފުރައްސާރަ ކުރުމުގެ ގޮތުން ކާޓޫނު ކުރެހުމުން އެކަމަށް ތާޢީދުކުރި ފްރާންސް ގެ ރައީސް އެމަނުއެލް މެކްރޯން ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by WAMCO

ބޭރުގެ ރިޕޯޓުތަކުން ބުނެފައި ވަނީ ކޮވިޑަށް ފައްސިވުމާ ގުޅިގެން މެކްރޯން މިހާރު ހުރީ އެކަހެރި ވެގެން ކަމަށާއި، އޭނާ ކުރަން ނިންމާފައިވާ ރަސްމީ ދަތުރުތައް ވެސް ކެންސަލް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ލުބްނާނަށް ކުރަން އުޅުނު ދަތުރު ވެސް ހިމެނޭ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ފްރާންސްގެ ރިޔާސީ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް މެކްރޯން ކޮވިޑް-19 އަށް ފައްސި ވެފައިވާ ކަމަށެވެ. ރައީސް މެކްރޯން ގެ ޕީސީއާރް ޓެސްޓެއް ހެދީ މިބަލީގެ އަލާމާތްތަކެއް ފެނިގެން ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް އެއީ ކޮން އަލާމާތްތަކެއް ކަމެއް ބުނެފައެއް ނުވެއެވެ.

އެބަޔާނުގައި އިތުރަށް ބުނެފައިވަނީ ހަތް ދުވަހުގެ މުއްދަތަކަށް މެކްރޯން އެކަހެރި ވެގެން ހުންނާނެ ކަމަށާއި ނަމަވެސް ދުރުގައި ހުރެގެން ވެސް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެ ކަަމަށެވެ.

ފްރާންސް ގެ ރައީސް ކޮވިޑަށް ފައްސިވުމާ ގުޅިގެން އޭނާއާއި އެންމެ ގާތް މީހުންނާއި، އޮފީހުގައި މަސައްކަތް ކުރާ މީހުން ވެސް މިހާރު ދަނީ މިބައްޔަށް ޓެސްޓު ކުރަމުންނެވެ. އެނގިފައިވާ ގޮތުގައި މިމަހުގެ 10 އާއި 11 ވަނަ ދުވަހު އޭނާ ވަނީ ޔޫރަޕިއަން ކައުންސިލް ހެޑްސް އޮފް ސްޓޭޓް ބައްދަލުވުމެއްގައި ވެސް ބައިވެރިވެފައެވެ.

Ads by HDC
  1. ކޮވިޑު

    މަގު ދެއްކެވުމެއް ނުވާނަމަ ހިތިގޮތަކަށް ގެންދަވާށި