ކޮވިޑް-19: އެމެރިކާގެ އިންތިހާބީ ރައީސް ވެކްސިން ޖައްސަވާ ތަން ޓީވީއިން ލައިވްކުރާނެ

އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑެން ކޮވިޑް-19 އަށް ވެކްސިން ޖައްސަވާނީ ލައިވްޓީވީ ގައި ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޖޯ އަންނަ ހަފްތާގެ ތެރޭގައި ވެކްސިން ޖައްސަވާނެއެވެ.
ވައިޓް ހައުސް އިން ބުނެފައިވާ ގޮތުގައި އެމެރިކާގެ މިހާރުގެ ނައިބު ރައީސް މައިކް ޕެންސް ވެސް ހުކުރު ދުވަހު ކޮވިޑް-19 އަށް ވެކްސިން ޖެއްސެވުމަށް ވަނީ ހަމަޖެހިފައިފައެވެ.
މި ދެ ބޭފުޅުންވެސް ވެކްސިން ޖެއްސެވުމަށް ހަމަޖެހިފައިވަނީ އާންމުންނަށް ފެންނާނެހެން ލައިވްޓީވީގައެވެ. އެމެރިކާގެ އިދާރާތަކުން ބުނާ ގޮތުގައި މިއީ ވެކްސިން އާމެދު އެމެރިކާގެ ރައްޔިތުން ކުރާ އިތުބާރު ބޮޑުކުރުމަށްޓަކައި އެގައުމުން ނިންމާފައިވާ ނިންމުމެކެވެ.
ޖޯ ބެއިޑަން ވަނީ އެމަނިކުފާނު ވެކްސިން ޖައްސަވަނީ އެ ވެކްސިނަކީ އެމެރިކާގެ ރައްޔިތުންނަށް ރައްކާތެރި އެއްޗެއްކަން ހާމަކޮށްދިނުމަށް ކަމުގައި ދާދި ފަހުން ބުނެފައެވެ.