ބޮލީވުޑް މުނިފޫހިފިލުވުން

ނޭހާ ކައްކަރުގެ ބަނޑަށް މިވީ ކިހިނެއް؟ އެންމެން ސުވާލު އުފެދިފައި ތިއްބާ މިއަދު ޖަވާބު ދީފި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިއްޔެ އިންޑިއާ އާއި ރާއްޖޭގެ މީޑީއާ ތަކުގައި ވެސް އަދި އެކި މީހުންގެ މީސް މީޑިއާ އެކައުންޓު ތަކުގައި ވެސް އެންމެ ގަދަޔަށް ފެތުރެމުން ދިޔަ އެއް ވާހަކައަކީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރު ބަލިވެއިން ކަމަށް ބުނެ ދެކެވެމުންދިޔަ ވާހަކައެވެ.

Ads by MWSC

ވާނީ ވެސް އެހެންތާއެވެ. ނޭހާ ގެ އިންސްޓަގްރާމް އެކައުންޓުގައި އޭނާ ވަނީ "ބޮޑު ބަނޑަކާއެކު" ހުރި ފޮޓޯއެއް ހިއްސާ ކޮށްފައެވެ. އެފޮޓޯގައި ނޭހާ ގެ ކައިރީގައި އޭނަގެ ފިރިމީހާ ރޯހަންޕްރީތު ސިންގް ވެސް ހުއްޓެވެ.

ފޮޓޯގެ ކޮމެންޓުތައް ކިޔާލުމުން ފެނުނީ މަޝްހޫރު އެތައް ބަޔަކު އެދެމަފިރިންނަށް މަރުހަބާ ކިޔާފައިވާ މަންްޒަރެވެ. އޭގެ ތެރޭގައި ނޭހާގެ ކޮއްކޮ ޓޯނީ ކައްކަރު ވެސް ހިމެނުނެވެ. ޓޯނީ ބުނެފައި ވަނީ އޭނާ ބޮޑު ބޭބެ އަކަށް ވަނީ ކަމަށެވެ.

ނަމަވެސް ނޭހާ އާއި ރޯހަންޕްރީތު ކައިވެނި ކުރީ މިއަހަރުގެ އޮކްޓޯބަރު މަހު ކަމަށްވާތީ، އެހާ ބޮޑު ބަނޑެއް ކުއްލިއަކަށް ލާނީ ކިހިނެއްތޯ ވެސް މީހުންގެ ހިތުގައި ސުވާލު އުފެދެމުން ދިޔައެވެ. އިންޑިއާ ގެ ބައެއް ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި "ބަލިވެއިން" ފޮޓޯ ނޭހާ ހިއްސާ ކުރި ފަހުން، ރޯހަންޕްރީތު ވަނީ އެދެމަފިރިން ވަރަށް ފަހުން ދިޔަ ކައިވެނީގެ ހަފްލާއެއްގެ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ. އެފޮޓޯއިން ގިނަ މީހުން އެންމެ ބެލީ ނޭހާ ގެ ބަނޑަށެވެ. އެގޮތުން އޭނާގެ "ބަނޑެއް" ނެތް ކަން އެރިޕޯޓުތަކުން ވަނީ ފާހަގަ ކޮށްފައެވެ.

އެހެންކަމުން ނޭހާ އިނީ ހަމަ އަސްލުވެސް ބަލިވެ ކަމާމެދު ސުވާލު އުފެދިފައި ވަނިކޮށް މިއަދު އޭނާ ވަނީ އިއްޔެގެ ފޮޓޯ އޭގެ ތަފްސީލާއެކު އަނެއްކާ ވެސް އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ.

އެގޮތުން ހާމަވީ އެއީ ނޭހާ އާއި ރޯހަންޕްރީތު ކުޅެފައިވާ "ޚަޔާލް ރަކިޔާކަރް" ނަމަކަށް ކިޔާ ވީޑިއޯ ލަވައެއްގެ ޕޯސްޓަރެއް ކަމެވެ. އެލަވައަކީ ރަޖަތު ނާގްޕާލްގެ ރާގަކާއި ބައްބޫ ގެ ލިރިކްސް އަކަށް އަގަމް މަން އާއި އަޒީމް މަން ހަދާފައިވާ ވީޑިއޯ އެކެވެ. މިލަވަ ރިލީޒް ވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގައެވެ.

  1. ަިްސިއްޕެ

    ޙަހަހަހާ