ޚަބަރު

ސުޕްރީމް ކޯޓުގެ ޓިނު ނެގި ވާހަކަ ދައްކަނީ ބަޣާވާތުގެ ހަގީގަތް އޮޅުވާލުމަށް : އާދަމް ޝަރީފް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
އާދަމް ޝަރީފް އުމަރު/ ފޮޓޯ: މަޖިލިސް

ސުޕްރީމް ކޯޓުން ޓިނު ނެގި ވާހަކަ ދައްކަނީ ބަޣާވާތުގެ ހަގީގަތް އޮޅުވާލުމަށް ކަމުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އާދަމް ޝަރީފް މިހެން ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވުމާ ގުޅިގެން ކުރި ޓްވީޓެއްގައެވެ.

"2018 ފެބުރުއަރީ 1 ގައި ރައީސް ޔާމީން ކުށްވެރިވި ކަމަކީ ޤާނޫނު އަސާސީ ނެގެހެއްޓުން. އެދުވަހު އެމަނިކުފާނު އަދާކުރެއްވީ "ޤާޒީ"ގެ ލަގަބު ހައްޤު ޤައުމީ ޒިންމާއެއް. އެދުވަހު ދިވެހި ސިފައިން ވެސް ދެއްކީ ޤައުމަށް އިޚްލާސްތެރިކަމުގެ މިސާލެއް." ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ޝަރީފް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ވަދެ، ދެ ފަނޑިޔާރަކު ހައްޔަރު ކުރި މައްސަލަ އަލުން ބަލަން ޖެހޭ ކަމަށް ވިދާޅުވެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ޓްވީޓު ކުރެެއްވުމާ ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ އެވާހަކަ ދޮގު ކުރައްވާފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓްގެ ދެ ފަނޑިޔާރަކު ހައްޔަރުކުރީ ފެބްރުއަރީ 1، 2018 ގައި ނެރުނު ބޮޑު އަމުރާ ގުޅިގެންނެވެ. އޭރު އުއްތަމަ ފަނޑިޔާރަކީ މަގާމުން ދުރުކުރި އަބްދުﷲ ސައީދެވެ. އެ އަމުރާއި ގުޅިގެން ސިފައިން ހައްޔަރުކުރީ އަބްދުﷲ ސައީދާއި އޭރު ކޯޓްގައި ހުންނެވި އެންމެ ސީނިއާ ފަނޑިޔާރު އަލީ ހަމީދެވެ.

އެއަށްފަހު ދެން އުއްތަމަފަނޑިޔާރު ކަމަށް ވަޑައިގެންނެވީ ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

 

Ads by Allied Insurance
  1. މަގޭ

    ސަރީފުު އަށްް ދައްކާނަންް ބަގާވާތްކުރީީ ކޮންބައެއްް ކަމާާ ޓިނުނަގަންް އަމުރުކުރީީ ކޮންބައެއްކަން