ދުނިޔެ

އެމެރިކާގެ އިންތިހާބީ ރައީސް، ޖޯ ބައިޑަން ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމެރިކާގެ އިންތިހާބީ ރައީސް، ޖޯ ބައިޑަން،  ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފިއެވެ.

Ads by WAMCO

ޖޯ ބައިޑަން ކޮވިޑް ވެކްސިން ޖަހާފައި ވަނީ ގައުމުގެ ރައްޔިތުންނަށް ވެކްސިންގެ ރައްކާތެރިކަން ޔަގީން ކޮށްދެއްވުމަށެވެ. އެ މަނިކުފާނު ވެކްސިން ޖައްސަވާ މަންޒަރު ވަނީ ލައިވްކޮށް ބްރޯޑްކާސްޓްކޮށްފައެވެ.

އެމެރިކާގެ ނައިބު ރައީސް، މައިކް ޕެންސް ވެސް ވަނީ މީގެ ކުރިން ވެކްސިންގެ ރައްކާތެރިކަން ޔަގީން ކުރުމަށާއި ރައްޔިތުންނަށް މިސާލެއްގެ ގޮތުން ހުކުރު ދުވަހު ވަގުތުން ގެނެސްދިން ޓީވީ ޕްރޮގްރާމެއްގައި ފައިޒަރ ވެކްސިންގެ ޑޯޒެއް ޖަހާފައެވެ. މި ވެކްސިންގެ ދެ ޑޯޒް ޖަހަން ޖެހޭއިރު، ބައިޑަން ވިދާޅުވީ ދެވަނަ ޑޯޒަށް ވެސް ތައްޔާރުކަމަށެވެ. އަދި އޭނާގެ އަނބިކަނބަލުން، ޖިލް ވެސް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައެވެ.

އެމެރިކާގައި ކޮވިޑް ޖެހިގެން 318،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު އެ ގައުމުގައި 2 ވަނަ ވެކްސިނެއް ޖެހުމުގެ ހުއްދަ މިހާރު ވަނީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ވަނީ ދީފައެވެ.

މީގެ ކުރިން އެމެރިކާގައި ކޮވިޑް 19 އަށް ތައްޔާރުކުރި ފައިޒާ-ބަޔޮންޓެކް ވެކްސިން ބޭނުންކުރުމަށް ހުއްދަ ވެސް ވަނީ ދީފައެވެ. ފައިޒާގެ ވެކްސިނަށް ހުއްދަ ދިނުމާއެކު ތިން މިލިއަން ޑޯޒްގެ ވެކްސިން އެމެރިކާގެ 600 ސަރަހައްދަކުން ދިނުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.

ދެވަނަ ވެކްސިން އަކަށް ހުއްދަ ދީފައިވަނީ މޮޑާނާ ވެކްސިން އެވެ. މި ވެކްސިން ޖެހުމުގެ ހުއްދަ ލިބުމާއެކު އެމެރިކާ ވެގެން ދާނީ މޮޑާނާ ވެކްސިން ޖަހާ ފުރަތަމަ ގައުމަށެވެ. ކްލިނިކްތަކުން ކުރި ތަހުގީގުން މޮޑާނާ ވެކްސިން 94% ކާމިޔާބު ކަމަށް ދައްކާފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!