ޢާއިލީ ވިޔަފާރި ދެމިއޮންނަތާ އެތައް އަހަރެއް ވެއްޖެ، ސާބިތުކަމާއެކު ތުހުމަތުތަކާ ކުރިމަތިލާނަން: ޝަޒައިލް
ސަސްޕެންޑު ކޮށްފައި ހުރި މޯލްޑިވް ގޭސް ގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ޝިޔާމްގެ ޢާއިލީ ވިޔަފާރި ދެމި އޮންނަތާ އެތައް އަހަރުތަކެއް ވެއްޖެ ކަމަށާއި، އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާ ސާބިތު ކަމާއެކު ކުރިމަތިލާނެ ކަމަށް، ޝަޒައިލް ވިދާޅުވެއްޖެއެވެ.
ޝަޒައިލް ގެ ފޭސްބުކް އެކައުންޓުގައި މިކަމާ ގުޅޭގޮތުން ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ތުހުމަތު ސާބިތު ނުވުމުން ސިޔާސީ ތުހުމަތެއް ގޮތަށް މަނީ ލޯންޑަރިންގެ ތުހުމަތެއް ބޮލުގައި އެޅުވުމަކީ "ތާކުން ތާކު ނުޖެހޭ އަދި ބަލައިގަނެވޭނެ ކަމެއް ނޫން" ކަމުގައެވެ.
"އާއިލީ ވިޔަފާރި ދެމިއޮންނަތާ ޤަރުނެއް ވެއްޖެ. ވަކިބައެއްގެ ސިޔާސީ މަންފާއަކަށް އަބުރު ކަތިލަން ކުރެވުނު ތުހުމަތުތަކާ ސާބިތުކަމާއެކު ކުރިމަތިލާނަން." ޝަޒައިލް ވިދާޅުވިއެވެ.
ޝަޒައިލް މިހެން ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފުލުހުންނަށް ހުށަހެޅުމާ ގުޅިގެންނެެވެ.
އޮންލައިން ނޫސް "މިހާރު" އަށް މައުލޫމާތު ދެމުން އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު ވިދާޅުވީ ޝަޒައިލްއާ ދެކޮޅަށް ހުށަހެޅި ރިޝްވަތުގެ މައްސަލަ ސާބިތުނުވާ ކަމަށެވެ. އެކަމަކު، އެ ތަހުގީގުގެ ތެރެއިން ފާހަގަވި މަނީ ލޯންޑްރިންގެ މައްސަލައެއް ތަހުގީގު ކޮށްދޭން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަނީ ލޯންޑްރިންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރެއް އޭސީސީއަކަށް ނޯވެއެވެ. ގާނޫނުން އެ ބާރު އަދިވެސް އޮންނަނީ ފުލުހުންނަށެވެ.
ކަލޯ ސާބިތުކަމާއި އެކު ކުރިއަށްދޭ ހަޖަމްނުވާ ބަޔަކުވެސް އުޅޭނެ ، ފަހުން ރަނގަޅުވާނެ އިންސާﷲ
ހެކިންގެ ގޮތުގައި އަދީބާއި ޒިޔަތު ގެންދާނެއެއްނުން. ކިހިނެއް ސަލާމަތްވާނީ. އިދިކޮޅަށް އުޅޭ އެންމެންގެ ހެކިންގެ ގޮތުގަެި އަދިބާއި ޒިޔަތު. ކީކޭބުނާނީ