ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖެ އާއި ބޭރުދުނިޔެއާ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުން - ނަހުލާ

މި ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖެ އާއި ބޭރުދުނިޔެއާ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލައި، ރައްޔިތުންނަށް އެކަމުގެ ލުއިފަސޭހަ ހޯދައިދިނުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ އިންޑިއާގެ ޓުޓިކޮރިންނާއި އައްޑޫ އަދި ހުވަދުއަތޮޅާ ދެމެދު ކަނޑުމަގުން މުދާ ގެންނަ ފުރަތަމަ ބޯޓު "އެމްވީ ބޮންތި 2″ ތިނަދުއަށް ބަނދަރު ކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން މި ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖެ އާއި ބޭރުދުނިޔެއާ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލައި، ރައްޔިތުންނަށް އެކަމުގެ ލުއިފަސޭހަ ހޯދައިދިނުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ގައުމެއް ގައުމެއްގެ ގޮތުގައި ތަރައްގީ ވެގެންދާ މައިގަނޑު އެއް އަސާސަކީ ދެމެހެއްޓެނެވި ގޮތެއްގައި އެ ގައުމެއްގެ އިގްތިސޯދު ކޮޅަށް ޖެހުން ކަމަށެވެ. އިންޑިއާގެ ޓުޓިކޮރިންނާއި އައްޑޫ އަދި ހުވަދުއަތޮޅާ ދެމެދު ކަނޑުމަގުން މުދާ ގެންނަ ފުރަތަމަ ބޯޓު "އެމްވީ ބޮންތި 2″ ތިނަދުއަށް ބަނދަރުކުރުމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގައި ތަރައްގީވެފައިވާ ވިޔަފާރި ބަނދަރުތަކަށް އިންޑިއާއިން ޝިޕިންގެ ޚިދުމަތް ފެށިގެން ދިއުމަކީ ރައީސް ޞާލިޙުގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި، މި ވައުދު ފުދިގެން ހިނގައްޖެ ކަމަށެވެ.
"އިންޑިއާގެ ޓުޓިކޮރިންނުން ޝިޕިންގެ ޚިދުމަތް ފެށުން މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ދެކުނުގެ އަތޮޅުތަކަށް ގުޅާލެވި އަތޮޅުތަކުގެ އިގުތިސާދީ ތަރައްގީއަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް" މިނިސްޓަރު ވިދާޅުވިއެވެ.