ޖިންސީ ގުޅުން ހިންގަން ތިއްބާ ހައްޔަރު ކުރި ދިވެއްސަކާއި ދެބިދޭސީން ދޫކޮށްލައިފި

މީގެ ދެހަފްތާ ކުރިން ޖިންސީ ގުޅުން ހިންގަން ތިއްބާ ހައްޔަރު ކުރި ދިވެއްސަކާ ދެ ބިދޭސީން ދޫކޮށްލައިފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި އެންމެން ވެސް ދޫކޮށްލީި މި މީހުންގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުންނެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލަކު ވިދާޅުވެފައިވާ ގޮތުގައި، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2 ޑިސެމްބަރު 2020 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، ބިއުޓީ ސެލޫނެއްގެ ޚިދުމަތްދޭ ތަނެއްގެ ގޮތުގައި މާލޭގައި ހިންގަމުން ދިޔަ ތަނަކުން ބިދޭސީ ދެ އަންހެނަކާއި އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
އެމީހުން ހައްޔަރު ކުރީ ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ތުހުމަތުގައި ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.