ޚަބަރު

ސުނާމީއިން މެދުވެރިވި ހިތާމަވެރިކަމުން އަރައިގަނެވުނީ ދިވެހިން ދެއްކި އެއްބައިވަންތަކަމުން : ޝަހީމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ސުނާމީގެ ހަނދާންތަކަކީ ހިތްދަތި ހަނދާންތަކެއް ކަމަށާއި ސުނާމީ އިން މެދުވެރިވި ހިތާމަވެރިކަމުން އަރައިގަނެވުނީ ދިވެހިން ދެއްކި އެއްބައިވަންތަކަމުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޝަހީމް މިހެން ވިދާޅުވެފައިވަނީ ޑިސެމްބަރު 26، 2004 ގައި ރާއްޖަށް ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާންތައް އާ ކުރައްވައި ކުރެއްވި ޓްވީޓެއްގައެެވެ. ސުނާމީގެ ހަނދާންތަކަކީ ހިތްދަތި ހަނދާންތަކެއް ކަމަށާއި ދިވެހި ޤައުމު އެދުވަހު ސަލާމަތްވީ ﷲ ގެ ރަޙުމަތުން ކަމަށް ޓްވީޓުގައި ވެއެވެ.

"ސުނާމީގެ ހަނދާންތަކަކީ ހިތްދަތި ހަނދާންތަކެއް. ދިވެހި ޤައުމު އެދުވަހު ސަލާމަތްވީ ﷲ ގެ ރަޙުމަތުން. އަދި ސުނާމީ އިން މެދުވެރިވި ހިތާމަވެރިކަމުން އަރައިގަނެވުނީ ދިވެހިން ދެއްކި އެއްބައިވަންތަކަމުން" ޝަހީމް ވިދާޅުވިއެވެ.

ސުނާމީ ކާރިސާގެ ސަބަބުން ސަރުކާރުންނާއި އާއްމު ރައްޔިތުން ވެސް ދެއްކި އެއްބާރުލުމާއި ދެއްވި އެހީތެރިކަމުގެ ސަބަބުން ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 26 ވަނަ ދުވަސް ރާއްޖޭގައި ފާހަގަ ކުރަނީ "ޤައުމީ އެއްބައިވަންތަ ކަމުގެ ދުވަސް"ގެ ގޮތުގައެވެ. މިއަދަކީ، ސުނާމީގެ ބިރުވެރި ކާރިސާ ކުރިމަތިވިތާ 16 އަހަރުފުރުނު ދުވަހެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!