ބޮލީވުޑް މުނިފޫހިފިލުވުން

ތިން ވަނަ ދަރިއަކަށް ބަލިވެއިން ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް މީރާ ޖަވާބު ދީފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރާއި އޭނަގެ އަންހެނުން މީރާ ރާޖްޕޫތަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ ޖޯޑެކެވެ.

Ads by Hajj Corporation

އެރޭންޖް މެރިޖަކުން ކައިވެނި ކުރި ކަމުގައި ވިޔަސް އެ ދެމަފިރިން އަބަދުވެސް ފެންނަނީ ވަރަށް ލޯބިން އެކުއެކީގައި އުޅޭ ދެ މީހުުންގެ ގޮތުގައެވެ. ކައިވެންޏަށް މިހާރު ފަސް އަހަރު ފުރިފައިވާއިރު، ޝާހިދު އާއި މީރާ އަށް ދެ ދަރިން ލިބިފައިވެއެވެ.

ނަމަވެސް ބޮލީވުޑްގައި މިހާރު ގިނަ ބަޔަކު ދައްކަމުންދާ އެއް ވާހަކައަކީ، ޝާހިދު އާއި މީރާ އަށް ތިންވަނަ ދަރިއަކު ލިބެން އުޅޭ ކަމުގެ ވާހަކައެވެ. އެގޮތުން މީރާ މިހާރު އިނީ ބަލިވެ ކަމަށް ވެސް ބައެއް މީހުން ބުނަމުން ދެއެވެ.

އިންސްޓަގްރާމް ގައި ވެސް ބައެއް މީހުން ވަނީ މީރާ ގާތު އެސުވާލު ކޮށްފައެވެ. އެގޮތުން އޭނާ ކުރި ޕޯސްޓަކަށް ފޭނެއް ސުވާލު ކޮށްފައިވަނީ މީރާ އިނީ ބަލިވެތޯ އެވެ. އާއްމުގޮތެއް މަޝްހޫރު މީހުންނަކީ އެމީހުން ނުދަންނަ މީހުން އެހެން ކުރާ ކޮމެންޓުތަކަށް ޖަވާބުދޭ ބަޔަކަށް ނުވި ކަމުގައި ވިޔަސް، މީރާ ވަނީ އެސުވާލަށް ޖަވާބު ދީފައެވެ. ރޮވިފައި ހުރި އިމޯޖީ އަކާއެކު މީރާ ބުނީ އޭނާ އިނީ ބަލިވެއެއް ނޫން ކަމަށެވެ. އެހެންކަމުން ހަގީގަތުގައި މީރާ ތިންވަނަ ދަރިއަކު ވެސް ހޯދަން ބޭނުންވާ ކަމުގެ ޝައްކުތަކެއް ވަނީ އުފެދިފައެެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!