ލައިފްސްޓައިލް

ޖެނުއަރީ 1 އިން ފެށިގެން ބައެއް ފޯނު ތަކުން ވަޓްސްއެޕް ބޭނުން ނުކުރެވޭނެ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އާއްމުކޮށް ވަޒީފާގެ ކަންކަމުގައާއި އެހެނިހެން ރައްކާތެރިކަމުގެ މެސެޖުތައް ކުރުމަށް ގިނަ ބަޔަކު ބޭނުން ކުރާ ވަަޓްސްއެޕް އެޕްލިކޭޝަން، މިފެށޭ 2021 ވަަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 އިން ފެށިގެން ބައެއް ފޯނުތަކުން ބޭނުން ނުކުރެވޭނެ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

Ads by Hajj Corporation

އެގޮތުން "ދަ މިރޯ" ގައި ޝާއިޢު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ މިހިނގާ ޑިސެމްބަރު މަހުގެ 31 ގެ 23:59 ގެ ފަހުން ބައެއް އައިފޯނު ތަކަށާއި އެންޑްރޮއިޑް ފޯނުތަކުން ވެޓްސްއެޕް ބޭނުން ނުކުރެވޭނެ ކަމަށެވެ.

އެގޮތުން އެރިޕޯޓުގައި ބުނެފައިވަނީ އައިފޯނު ތަކުގެ ތެރެއިން އައިއޯއެސް 9 ނުހުންނަ އަދި އެންޑްރޮއިޑް ފޯނުތަކުން 4.0.3 ނުހުންނަ ފޯނުތަކަށް 2021 ގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަޓްސްއެޕް ގެ ޚިދުމަތް ނުލިބޭނެ ކަމަށެވެ.

އެހެން ނަމަވެސް އައިފޯން 4 އާއި އޭގެ ދަށް މޮޑެލްތަކުގެ ފޯނުތަކުން ދެން ވަޓްސް އެޕް ގެ ޚިދުމަތް ކެނޑޭނެއެވެ. ނަމަވެސް އައިފޯން 4އެސް، 5، 5އެސް، 5ސީ، 6، 6އެސް ގެ ފޯނުތައް އަޕްގްރޭޑްކޮށް އައިއޯއެސް9 ގެ ސޮފްޓްވެއާ އެޅުމުން އެފޯނުތަކުން ވަސްޓްއެޕް ބޭނުން ކުރެވޭނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ބައެއް ފޯނުތަކުން ވަޓްސްއެޕް ބޭނުން ނުކުރެވޭ ގޮތަށް ހަދާފައި މިވަނީ ވަރަށް އަވަހަށް އެއެޕްލިކޭޝަނުން ތަޢާރަފް ކުރާ "ޑިސެޕިއަރިންގް މެސެޖެސް" ގެ ޚިދުމަތާއި ގުޅިގެން ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައި ވެއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!