2021 ވަނަ އަހަރުގެ ބަންދު ދުވަސްތަކަށް، އިތުރު 2 ދުވަސް

ކުރިއަށް އޮތް 2021 ވަނަ އަހަރުގެ ސަރުކާރު ބަންދު ދުވަސްތަކަށް އިތުރު 2 ދުވަސް އިތުރު ކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންނަ އަހަރުގެ ޖުލައި މަހުގެ 18 ވާ އާދިއްތަ ދުވަހާއި ޖުލައި މަހުގެ 25 ވާ އާދިއްތަ ސަރުކާރު ބަންދު ދުވަހުގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.
ޖުލައި މަހުގެ 19 ވަނަ ދުވަހަކީ ހައްޖު ދުވަހެވެ. ކުރިން އޮތް ގޮތުން ނަމަ އީދު ހަފްތާ ބަންދު ވުމަށް ފަހު، އާދިއްތަ ދުވަހު ސަރުކާރު ހުޅުވުމަށް ފަހު ޖުލައި ސައްބީހަށް އަނެއްކާ ވެސް ސަރުކާރު ބަންދު ވާނެއެވެ.
ނަމަވެސް މިގެނައި ބަދަލާއެކު ހުކުރު ހޮނިހިރު ހިމެނޭހެން 12 ވަރަކަށް ދުވަސް ބަންދު ވާނެއެވެ.