ފެނަކަ ދަށުގައި ހުރި 14 އައިސްޕްލާންޓް މިފްކޯއާ ހަވާލުކޮށްފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެނަކައާ ހަވާލުކޮށްފައި ހުރި 14 އައިސްޕްލާންޓު ސަރުކާރުގެ މަސް ކުންފުނި މިފްކޯއާ މިއަދު ހަވާލުކޮށްފި އެވެ.
ފެނަކަ އާއި މިފްކޯއާ ދެމެދު ވެވުނު މި އެއްބަސްވުމުގެ ރަސްމިއްޔާތުގައި ފެނަކައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އެވެ. އަދި މިފްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑރ. ވިޓާލީ ލުބިމޯވް އެވެ.
މިފްކޯއިން ބުނީ އެ ކުންފުނީގެ ޓެކްނިކަލް އަދި އިންޖީނިއަރިން ޓީމްތައް ހުރިހާ އައިސްޕްލާންޓްތަކެއް އޮޕަރޭޝަނަލް ކެޕޭސިޓީއަށް އަލުން އާރާސްތުކުރުމުގެ މަސައްކަތުގައި މިހާރުވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.
"މި ޓްރާންސިޝަނަކީ އަޅުގަނޑުމެންގެ ހިދުމަތުގެ ގާބިލުކަން ހަރުދަނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށާއި، މި ބަދަލުގެ ސަބަބުން މިހާރަށްވުރެ ހަރުދަނާގޮތެއްގައި ކުރިއަށްގެންދިއުމަށް އެންމެންގެ އެއްބާރުލުން ފާހަގަކުރަން"މިފްކޯއަށް ބަދަލުކުރި އައިސްޕްލާންޓްތައް:
- ހއ. އިހަވަންދޫ
- ނ. ޅޮހި
- ރ. އަލިފުށި
- ބ. ތުޅާދޫ
- ފ. ފީއަލި
- ފ. ނިލަންދޫ
- ތ. ހިރިލަންދޫ
- ގއ. ދާންދޫ
- ގއ. ދެއްވަދޫ
- ގއ. ގެމަނަފުށި
- ގއ. ކޮލަމާފުށި
- ގދ. ފަރެސްމާތޮޑާ
- ގދ. ފިޔޯރީ
- ސ. ހިތަދޫ






ކޮމެންޓް