ޚަބަރު

ޕްލާސްޓިކް ފުޅީގައި ޝޭމްޕޫ ވެސް އެތެރެ ކުރުން މަނާކޮށްފި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަންނަ އަހަރުން ފެށިގެން ޝޭމްޕޫ އާއި ސައިބޯނި ފުޅިތަކުގެ ތެރެއިން، 50 އެމްއެލް އާއި އެއަށް ވުރެ ކުޑަ ފުޅިތައް އިމްޕޯޓް ކުރުން މަނާ ކުރުމަށް އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ހަމަޖައްސައިފިއެވެ.

Ads by MWSC

އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން 2021 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން މަނާ ކުރާ 12 ބާވަތެއް މިއަދު ވަނީ އާއްމުކޮށްފައެވެ.

ރައީސް ޞާލިޙުގެ ގަރާރާއި އެކު ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައި ވަނީ، އެއް ފަހަރު ބޭނުން ކޮށް އުކާލާ ޒާތުގެ ޕުލާސްޓިކުގެ 12 ބާވަތެކެވެ.

އެގޮތުން ރާއްޖެ އެތެރެ ކުރުން މަނާ ކޮށްފައިވާ ބައެއް ތަކެއްތަކީ:

  • ދިޔާތަކެތި ބޯން ބޭނުންކުރާ ޕްލާސްޓިކް ހޮޅި
  • ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
  • ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު
  • ޕްލާސްޓިކްގައި ބަންދުކޮށްފައި އިމްޕޯޓްކުރާ ސުޕާރީ
  • 250 މިލިލީޓަރަށް ވުރެ ކުޑަ ސިންގަލް ޔޫސް ކޮފީ ތަށި
  • ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
  • 50 މިލިލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި

ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި ޕެޓު ފުޅި (ފެނާއި ލުއި ބުއިން ހިމެނޭ ގޮތަށް) އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކަކީ ތިމާވެއްޓަށް އެ އެއްޗެއްގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބޭ އެކައްޗެވެ. ސަރުކާރުން މިހާރު ވެސް ދަނީ އެއްފަހަރު ބޭނުން ކުރުމަށް އުކާލާ ޕްލާސްޓިކް ބޭނުން ކުރުން މަދުކުރަން ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ.

Ads by Allied Insurance
  1. ޫުުހވވފގ

    ދެން ފިހާރަތަކުގަ ހުންނާނީ ކަރުދާސް ޕެކެޓްގަ ބަންދުކުރި ޝޭމްޕޫތާ ދޯ

    • އަހުމަދު

      ޕްލާސްޓިކް ފުޅިގައި ބަންދު ކޮށްފައި ހުންނަ ޝޭމްޕޫވެސް ހުންނާނެ.