Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

10 ގައިދީއެއްގެ އާއިލާއަށް ކަރެކްޝަންސްގެ މުވައްޒަފުން މާލީ އެހީ ދީފި

10 ގައިދީއެއްގެ އާއިލާއަށް ކަރެކްޝަންސްގެ މުވައްޒަފުން މާލީ އެހީ ދީފި
ނިމިގެން ދިޔަ ރޯދަ މަހާ ގުޅުވައިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އޮފިސަރުންނާއި މުވައްޒަފުންގެ ފަރާތުން ފައިސާ އެއްކޮށް، އެ ސާވިސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންނާއި ބަންދުމީހުންގެ ޢާއިލާތަކުގެ ތެރެއިން މާލީގޮތުން ދަތި ހާލުގައި ދިރިއުޅެމުންދާ 10 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެގޮތުން ކޮންމެ އާއިލާއަކަށް 2220 ރުފިޔާގެ އެހީ ދިން ކަމަށް ކަރެކްޝަންސްއިން މައުލޫމާތު ދިނެވެ. މިއީ  ޖަލުގައި ތިބޭ ގައިދީންނާއި ބަންދުމީހުންގެ އާއިލާތަކުގެ ތެރެއިން މާލީގޮތުން ފުދުންތެރިކަން ދަތި އާއިލާ ތަކަށް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންގެ ފަރާތުން ވެދެވެންހުރި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ހިންގި ޕްރޮގްރާމެއް ކަމަށް ކަރެކްޝަންސްއިން ބުންޏެވެ. "ރޯދަ މަހުގެ ހާއްސަ އެހީ ފޯރުކޮށްދޭ ޕްރޮގްރާމްގެ ދަށުން 40 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މި ސާވިސްއިން އަމާޒުކޮށްފައިވީ ނަމަވެސް، އެ ޕްރޮގްރާމްއަށް އެދި ފޯމް ހުށަހަޅާފައިވަނީ ޖުމްލަ 21 ފަރާތުންނެވެ. އަދި އޭގެ ތެރެއިން ކަނޑައެޅިފައިވާ ޝަރުތުތައް ހަމަވެފައިވަނީ ޖުމްލަ 10 ޢާއިލާ އެވެ." ކަރެކްޝަންސްއިން ބުންޏެވެ. ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ޖަލުގައި ޙުކުމް ތަންފީޒުކުރަމުން ގެންދާތާ މަދުވެގެން ފަސް އަހަރު ހޭދަކޮށްފައިވުމާއި 18 އަހަރު ނުފުރޭ ކުދިން ތިބުމާއި އާމްދަނީ ލިބޭ މިންވަރު ހިމެނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް