ދުނިޔެ

އާއަހަރު ފާހަގަ ކުރަން ހަވާ އެރުވުމުގެ ސަބަބުން ސަތޭކައަށްވުރެ ގިނަ ދޫނި މަރުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިޓަލީގެ ވެރިރަށް ރޯމް ގައި އާއަހަރު ފާހަގަ ކުރަން ހަވާ އެރުވުމުގެ ސަބަބުން އެތައް ސަތޭކަ ދޫންޏެއް މަރުވެއްޖެއެވެ. މިކަން އެޤައުމުގެ ޖަނަވާރުތަކުގެ ޙައްޤުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ ޖަމާޢަތްތަކުން ވަނީ ހަރިކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.

Ads by WAMCO

އެތައް ބައިވަރު ދޫނިތަކެއް ރޯމްގެ މަގުތަކަށް މަރުވެގެން ވެއްޓިފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކަކާއި ވީޑިއޯތަކެއް މީސް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮ ޕްރޮޓެކްޝަން އޮފް އެނިމަލްސް" އިން ބުނެފައިވާ ގޮތުގައި އެދޫނިތައް މަރުވެފައިވަނީ އާއަހަރު ފާހަގަ ކުރުމަށް، ގަސްތައް ގިނަ ސަރަޙައްދެއްގައި ހަވާ އެރުވުމުގެ ސަބަބުންނެވެ. އެސަރަޙައްދަކީ ގިނަ އަދަދެއްގެ ދޫނިތައް ހާލިހަދާ، ބިސް އަޅާފައިވާ ގަސް ހިމެނޭ ސަރަޙައްދެއް ކަމަށް ވެސް އެއޯގަނައިޒޭޝަނުން ބުނެފައިވެއެވެ.

"ދޫނިތައް މަރުވެފައިވަނީ ހަވާ އެރުވިއިރު ގޮވި ބާރު އަޑުފަށްގަނޑުގެ ސަބަބުން ބިރުން ގޮސް ކަމަށް ބެލެވޭ. އެތަކެއްޗަކީ މާ އުހަށް އުދެހިގެން އެކަތި އަނެކައްޗާ ޖެހިގެން ވެސް މަރުވެދާނެ އެއްޗެހި، އަދި ކުޑަދޮރު ތަކާއި ކަރަންޓު ލައިނުގައި ޖެހިގެން ވެސް މަރުވާ އެއްޗެހި، އެހެންވީމަ ހާޓްއެޓޭކެއް ޖެހިގެން ވެސް މަރުވެދާނެ ކަމަށް ޤަބޫލު ކުރަން ޖެހޭ" އެއޮގަނައިޒޭޝަން ގެ ތަރުޖަމާޏު ލޮރެޑާނާ ޑިގްލިއޯ ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން އޯއައިޕީއޭގެ އިޓަލިއަން ބްރާންޗުން މިހާރު ވަނީ އަމިއްލަ ބޭނުމަށް ހަވާ އަރުވަން ބޭނުންކުރާ ސާމާނު މަނާ ވިއްކުން މަނާ ކުރަން ގޮވާލާފައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!