ބޮލީވުޑް މުނިފޫހިފިލުވުން

ނޭހާ ކައްކަރު: ޑައިމަންޑު އެވޯޑު ލިބިފައިވާ ބޮލީވުޑުގެ ހަމައެކަނި ލަވަކިޔުންތެރިޔާ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އިންޑިއާގެ ބޮލީވުޑު ލަވަކިޔުންތެރިންގެ ތެރެއިން އެންމެ ފުރަތަމަ ޔޫޓިއުބު ޑައިމަންޑު އެވޯޑު ލިބުނު ފަރާތެއްގެ ގޮތުގައި ނޭހާ ކައްކަރު ހޮވިއްޖެއެވެ.

Ads by STELCO

ނޭހާ ވަނީ އެކަމާ ގުޅިގެން އިންސްޓަގުރާމް ޕޯސްޓެއް ވެސް ކޮށްފައެވެ. އެ ޕޯސްޓުގައި އޭނާއަށް ލިބުނު އެވޯޑާއެކު ނަގައިފައިވާ ދެތިން ފޮޓޯއެއް ވަނީ ހިއްސާކޮށްފައެވެ. އަދި ޕޯސްޓުގައި ނޭހާ ބުނެފައި ވަނީ އޭނާއަށް އެހިސާބަށް އާދެވިފައި އެވަނީ ވެސް ހަމަ އެންމެހާ ބެލުންތެރިންގެ ހިފެހެއްޓުމެއް ނެތް ތަރުހީބާއި ދެއްވި ލޯތްބެއްގެ ސަބަބުން ކަމަށެވެ.

އަދި އެކަމަށް އޭނާ އުފާކުރާ ހާލު އޭނާ ބުނެފައި ވަނީ ޔޫޓިއުބު ޑައިމަންޑު އެވޯޑެއް ލިބުނު ފުރަތަމަ ބޮލީވުޑު ލަވަކިޔުންތެރިޔާއަކަށް އޭނާ ހޮވުނީތީ ވަރަށް އުފާ ކުރާ ކަމަށެވެ. އެގޮތުން މަންމަ، ބައްޕަ އަދި މުޅި އާއިލާގެ ހިތްވަރާއި ތަރުހީބު އޭނާ ފާހަގަ ކޮށްފައިވާއިރު، ސޯނު ކައްކަރު އަދި ޓޮނީ ކައްކަރު ގެ ނަން އެ ޕޯސްޓުގައި ފާހަގަ ކޮށްލައިފައި ވެއެވެ.

އަދި މީގެ އިތުރުން އާއިލާއަށް ފަހަކުން މަރުހަބާ ކިޔައިފައިވާ ނޭހާގެ ފިރިމީހާ ރޯހަން ޕުރީތުގެ ނަން ވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ. މި ޕޯސްޓަށް ގިނަ ބަޔަކު ވަނީ ނޭހާއަށް މަރުހަބާ ކިޔުމުގެ ގޮތުން ކޮމެންޓު ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!