ދުނިޔެ

އިޓަލީގެ ހޮސްޕިޓަލެއްގެ ކުރިމަތީގައި ގޮތްނޭނގޭ ބޮޑު ވަޅުގަނޑެއް ހެދި، ހޮސްޕިޓަލު ބަންދުކުރަންޖެހިއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިޓަލީގެ ހޮސްޕިޓަލެއްގެ ކުރިމަތީގައި ގޮތް ނޭނގޭ ބޮޑު ވަޅުގަނޑެއް ހެދި، އެ ހޮސްޕިޓަލު ބަންދުކުރަން ޖެހިއްޖެއެވެ.

Ads by Sosun Fihaara

ރިޕޯޓުތައް ބުނާގޮތުގައި ހޮސްޕިޓަލު ދޮރުމަތީގައި ހެދުނު މި ވަޅުގަނޑުގެ ފުންމިނުގައި ގާތްގަނޑަކަށް 60 ފޫޓު ހުރެއެވެ.

ކުއްލިއަކަށް ހެދުނު މި ވަޅުގަނޑު ހެދެން މެދުވެރިވި ސަބަބު ހޯދިފައިނުވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވި ފަޔާފައިޓަރުން ވަނީ ބުނެފައެވެ.ނަމަވެސް އެ ސަރަހައްދަށް ވަނީ ތިން ކާރު ވެއްޓިފައެވެ.

ބަންދުކުރި ހޮސްޕިޓަލަކީ ކޮވިޑުގެ އެތަކެއް ސަތޭކަ ބަލި މީހުނެއް އެޑްމިޓްކޮށް ފަރުވާ ހޯދަމުން އައި ހޮސްޕިޓަލެއްކަން ވެސް ފާހަގަކޮށްލެވެއެވެ. ހޮސްޕިޓަލު ވަގުތީކޮށް ބަންދުކުރަން ޖެހުމާއެކު އެ ހޮސްޕިޓަލްގައި ތިބި އެންމެން ވަނީ އެހެން ހޮސްޕިޓަލުތަކަށް ބަދަލު ކޮށްފައެވެ.

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!