ބޮލީވުޑް

އެތައް ފަހަރަކު ހިތް ހަލާކުވި ދީޕިކާ، ރަންވީރު ދެކެ ލޯބިވެވުނު ގޮތް ކިޔައިދީފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން ދީޕިކާ ޕަދުކޯން އާއި ރަންވީރް ސިންގަކީ ބެލުންތެރިންނަށް ވަރަށް ކަމުދާ ޖޯޑެކެވެ.

Ads by Sosun Fihaara

އޮން-ސްކްރީނުންނާއި އޮފް-ސްކްރީނުން ވެސް ވަރަށް ފުރިހަމަ ކެމިސްޓްރީއެއް ދެމީހުންގެ މެދުގައި އަބަދުވެސް ދައްކުވައިދެމުުން އަންނަ ދީޕިކާ އާއި ރަންވީރާ ބެހޭ ގޮތުން އިތުރަށް އެތައް ކަމެއް އަބަދުވެސް އެމީހުންގެ ފޭނުން އެނގެން ބޭނުންވެއެވެ.

އެގޮތުން ދީޕިކާ ވަނީ ދާދި ފަހުން އޭނާއަށް ރަންވީރު ދެކެ ލޯބިވެވުނު ގޮތް ފޭނުންނާ ހިއްސާކޮށްފައެވެ.

ދީޕިކާ ބުނި ގޮތުގައި 2012 ވަނަ އަހަރު އޭނާ ރަންވީރާ ދިމާވިއިރު، އެއްވެސް ކަހަލަ ލޯބީގެ ގުޅުމެއް ފަށަން ތައްޔާރެއް ނޫނެވެ. އަދި އެވާހަކަ ރަންވީރު ގާތު ވެސް ބުނި ކަމަށް ދީޕިކާ ބުނެފައެވެ.

ކުރީގެ ހިތި ހަނދާންތަކާއެކު ގުޅުމަށް ތައްޔާރު ނޫން ނަމަވެސް އޭރު ވެސް ރަންވީރު ކަމުދިޔަ ކަމަށާއި ނަމަވެސް އޭރު ވެސް އެ ގުޅުން މިހާ ސީރިއަސް ވެދާނެ ކަމަށް ހީނުކުރާ ކަމަށް ވެސް ދީޕިކާ ވަނީ ބުނެފައެވެ.

ދީޕިކާ އާއި ރަންވީރު ގުޅިފައިވަނީ ސަންޖޭ ލީލާ ބަންސާލީގެ "ރާމް ލީލާ" ފިލްމަށް ފަހުގައެވެ. ހަ އަހަރު ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު މި ދެ ތަރިން ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު، އިޓަލީ ގައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!