ޚަބަރު

ކިނޮޅަހު ނަރުދަމާގެ ޕައިޕް ނެޓްވޯކިން މަސައްކަތް އެމްޑަބްލިޔުއެސްސީން ފަށައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރ. ކިނޮޅަހު ނަރުދަމާގެ ޕައިޕް ނެޓްވޯކިން މަސައްކަތް މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ފަށައިފިއެވެ.

Ads by Sosun Fihaara

ކިނޮޅަހުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުން އެމްޑަބްލިޔުއެސްސީ އާއި ހަވާލު ކޮށްފައިވާއިރު ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްދާ މި މަސައްކަތުގެ ދިރާސާއާއި އީއައިއޭގެ މަސައްކަތް ނިންމައި މިހާރު މިވަނީ ހޮޅި ވަޅުލުމުގެ ވިއުގައިގެ މަސައްކަތް ފަށާފައެވެ.

މިއަދު އެރަށުގައި މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެކަމުގެ ޢަމަލީ މަސައްކަތް ފައްޓަވައި ދެއްވާފައި ވަނީ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން މުޙައްމަދާއި، އެމްޑަބިއުއެސްސީގެ ޗެއަރމަން އަޙުމަދު މަޢުސޫމް އަދި މެނޭޖިންގ ޑައިރެކްޓަރ ހަސަން ޝާހުއެވެ.

ޕައިޕް ނެޓްވޯކިން ގެ މަސައްކަތް ފެށުމަށް ކިނޮޅަހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެރަށުގެ ކައުންސިލުންނާއި ބައެއް ރައްޔިތުން ވެސް ބައިވެރިވެފައި ވެއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ކިނޮޅަހުގައި 11.8 ކިލޯމީޓަރުގެ ފެނުގެ ވިއުގައެއް އަޅާނެކަމަށެވެ. އަދި 7.3 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމު ކުރާނެ ކަމަށެވެ. މުޅި ޕްރޮޖެކްޓުގެ %9 މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!