ޚަބަރު

ޤައުމީ ރޫޙު އާލާކުރުމަށް ރައީސް ގޮވާލައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ދޮންބަނޑާރައިންގެ ޤުރުބާނީ ހަނދާންކޮށް ޤައުމީ ރޫޙު އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.

Ads by STELCO

އެމަނިކުފާނު މިފަދައިން ގޮވާލައްވާފައިވަނީ މިއަދު ފާހަގަކުރާ ހުރަވީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައެވެ. މި ޓްވީޓްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ހުރަވީ ދުވަހުގެ ހެޔޮ އެދުންތައް ދިވެހި ރައްޔިތުންނަށް އަރިސް ކުރައްވާފައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުރަވީ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރެވުނީ ހިޖުރައިން 1400 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 (18 އޭޕްރީލް 1980) ވަނަ ދުވަހުއެވެ. ހުރަވީ ދުވަހުގެގޮތުގައި މިދުވަސް ފާހަގަކުރަނީ، ދިވެހި ޤައުމުގެ އެންމެހައި މުވާޠިނުން ޤައުމީ އަބްޠާލުންގެ ޒިކުރާ އަމަލީގޮތުން ދިރުވުމުގެ ހިތްވަރު ލިބިގަތުމަށާއި، އެއަބްޠާލުން ގެނެސްދެއްވި މިނިވަންކަމާއި،ޤައުމިއްޔަތު ދެމެހެއްޓުމުގެ ޢަޒުމާއި ޖޯޝް ދިވެހި ހިތްތަކުގައި ދިރުވައި އާލާކޮށް ދެމެހެއްޓުމުގެ ގޮތުންނެވެ.

މި ދުވަސް ފާހަގަކުރާއިރު ހޮޅިންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރައްވައި ދޮންބަނޑާރއިން ދިވެހި ޤައުމަށްޓަކައި ވެވައިގެންނެވި ޤުރުބާނީގެ ހަނދާން އައުކޮށް، ޤައުމީ ރޫޙު ދިރުވާ އާލާކުރުންމުހިއްމު ކަމަށް ރައީސް ވިދާޅުވިއެވެ.

Ads by Ooredoo
  1. ފަޒޫ.

    ނިކަން ކެރންޔާ ގައުމީ ރޫހުގަ ރައީސް ޔާމީން ދޫކޮއްލަބަލަ.